ޚަބަރު

ވިލަމަންދޫއިން ޓެސްޓު ކުރި މީހާ ކޮވިޑް-19 އަށް ނެގަޓިވް، ލޮކްޑައުން އުވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އދ. ވިލަމަންދޫ ރިސޯޓު އައިލަންޑުން ސާމްޕަލް ނަގާ ޓެސްޓްކުރި މީހާ އެބައްޔަށް ނެގަޓިވް ވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ޓެސްޓްގެ ނަތީޖާއާއި ވިދިގެން އަދި "ކޮންޓެކްޓް ޓްރޭސިންގ" ނިމުމާއި ގުޅިގެން މިރަށަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށެވެ.

ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި ކޮރޯނާވައިރަހަށް ރާއްޖެއިން ވަނީ ހަ ބިދޭސީއަކު ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވި ހަ މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންނެވެ.

މީގެ އިތުރުން ހަތަރު ރިސޯޓަކަށް އަރައި ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ. އެއީ ވަންޑް އެންޑް އޮންލީ ރީތިރަށް ރިސޯޓާއި، ކުރެއްދޫ އައިލެންޑް ރިސޯޓް، ސޭންޑީޒް ބަތަލާ އައިލެންޑް އަދި ކުރަމަތި މޯލްޑިވްސް އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!