ޚަބަރު

އިންތިހާބަށް ވުރެ ރައްޔިތުންގެ ރައްކާތެރިކަން މާ މުހިންމު: އަލީ ހުސައިން

ދެން އެމްވީ ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިޚާބަށްވުރެ ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން މާ މުހިންމު ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަލީ ހުސެއިން މިހެން ވިދާޅުވެފައިމިވަނީ ކޮރޯނާވައިރަހާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ގޮވާލާ ގިނަބަޔަކު ގޮވާލަމުން ދަނިކޮށެވެ. މީގެ އިތުރުން އަލީ ހުސައިން ވެސް ވަނީ މީގެ ކުރިން އިންތިހާބު ފަސް ކުރުމަށް ގޮވާލާ ވާހަކަ ދައްކަވާފައެވެ.

އަލީ ހުސައިން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އިންތިޚާބެއް ބޭއްވުމަށް އެކަށޭނަ ވަގުތެއް ނޫން ކަމަށެވެ.

"ލޯކަލް ކައުންސިލްގެ އިންތިޚާބަށްވުރެ ރައްޔިތުންގެ ސިއްޙަތާއި ރައްކައުތެރިކަން މާ މުހިންމު. މިއީ އިންތިޚާބެއް ބޭއްވުމަށް އެކަށޭނަ ވަގުތެއް ނޫން. " އަލީ ހުސައިން ވިދާޅުވިއެވެ.

އިއްޔެ އޮތް މަޖިލިސް ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވަނީ ކައުންސިލް އިންތިހާބު މިހާރު ކަނޑައަޅާފައިވާ ތާރީހުގައި ބާއްވަން ޖެހޭ ކަމަށާއި އިންތިހާބު ފަސް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ އިންތިހާބު ފަސްކުރުމާ ދެކޮޅަށް ވާހަކަދައްކާފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ މިހާރު ކަނޑައެޅުފައި އޮތް ތާރީހުގައި އިންތިހާބު ބާއްވަން ގޮވާލައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!