ޚަބަރު

ކޮވިޑް-19 އަށް ޝައްކުވި ކުޑަ ކުއްޖާ ނެގެޓިވް ވުމުން ރީތި ރަށް ހުޅުވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އަށް ޝައްކު ކުރެވިގެން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކަރަންޓީނުކުރި ކުޑަ ކުއްޖާ، ވައިރަހަށް ނެގެޓިވް ވުމުން އެ ރިސޯޓަށް އަރައިފޭބުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި އެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި މީހާ އެ ވައިރަހަށް ނެގަޓިވް ވެފައިވާ ކަމަށެވެ.

އެހެންކަމުން ޓެސްޓްގެ ނަތީޖާއާއި ވިދިގެން، އަދި "ކޮންޓެކްޓް ޓްރޭސިންގ" ނިމުމާއި ގުޅިގެން މިރަށަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތްކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް ހަ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވި ހަ މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންނެވެ.

ރާއްޖެއިން ހަ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!