ރާއްޖޭގެ މެދުތެރެއަށް ރީނދޫ ސަމާލު!

މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ، ރާއްޖޭގެ މެދުތެރެއަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ކ. އަތޮޅުން މ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ރީނދޫ ސަމާލު ނެރުއްވައިފައިވަނީ 12:15 އިން ފެށިގެން ހަވީރު 04:15 އާ ހަމައަށެވެ.
މެޓުން މިއަދު ހެނދުނު ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް މެންދުރު 02:15 ވަންދެން ރީނދޫ ސަމާލު ވެސް ނެރުއްވައިފައެވެ.
މީގެއިތުރުން ހަވީރު 04:00 އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރުއްވައިފައި ވެއެވެ.