ޚަބަރު

ރިޔާސީ އިންތިޚާބާއި ގުޅޭ ޝަކުވާތައް ހުށަހަޅަން ލުއި ގޮތްތަކެއް ހަމަޖައްސައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭ ޝަކުވާތައް ހުށަހަޅާނެ ފަސޭހަ ގޮތްތަކެއް ހައިކޯޓުން ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

ހައިކޯޓުން ވަނީ، އިންތިޚާބާއި ގުޅޭ ޝަކުވާތައް ހުށަހަޅަން މަގުފަހި ކޮށްދިނުމުގެ ގޮތުން، މި މަހުގެ ނުވަވަނަ ދުވަހާއި 10 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ބެހެއްޓުމަށް ނިންމައިފައެވެ.

އަދި މި މަހުގެ 11 އިން ފެށިގެން އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅުމަށް އޮތް މުއްދަތު ހަމަވާންދެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ބަހައްޓާނެ ކަމަށް ހައިކޯޓުން ބުނެފައިވެއެވެ.

އިންތިޚާބީ ޝަކުވާތައް އޮންލައިންކޮށް ހުށަޅުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ހައި ކޯޓުގެ އީމެއިލް [email protected] އަށް އީމެއިލް ކުރެވޭ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ.

ހައިކޯޓު ހުޅުވާފައި ހުންނަ ރަސްމީ ގަޑި ފިޔަވައި އެހެން ގަޑިއެއްގައި މައްސަލައެއް ހުށަހަޅާ ނަމަ، ނުވަތަ މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ ހައިކޯޓުގެ ފޯނު ނަންބަރަށް 7902206 ގުޅައިގެން އެކަން ކުރެވޭނެ ކަމަށް ވެސް ކޯޓުން ވަނީ ބުނެފައެވެ.

އިންތިހާބީ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 14 ދުވަހެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!