ރިޔާސީ އިންތިޚާބު 2023: ދެވަނަ ބުރާއިމެދު އުމަރު އަދި ވަކި ގޮތެއް ނުނިންމަވާ
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ސިޔާސީ ޕާޓީއަކާއި ގުޅެން އަދި ނުނިންމަވާ ކަމަށް، އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި، އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު "ދެން"އަށް ވިދާޅުވީ، ދެވަނަ ބުރާއިމެދު އަދި ވަކި ގޮތެއް ނިންމަވާފައި ނުވާ ކަމަށެވެ. އެމްޑީޕީ އާއި ޕީޕީއެމް އާއިއެކު އެއްވެސް މަޝްވަރާއެއް ކުރެވިފައިވޭތޯ ސުވާލު ކުރުމުން ވިދާޅުވީ، އެކަން އަދި ހާމަ ކުރެވެން ނެތް ކަމަށެވެ.
ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިޚާބުގައި އުމަރަކީ ގިނަ ބަޔަކު ހައިރާން ކޮށްލި ކެންޑިޑޭޓެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް، އަދި ޕިކަޕެއްގައި އޭނާގެ ސިޔާސަތުތައް ހާމަ ކުރައްވައިގެން އުމަރު ވަނީ 6000އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ.
އުމަރުގެ ސިޔާސަތުތަކުގެ ތެރެއިން މަސްތުވާތަކެއްޗާއި ދެކޮޅަށް ގެންގުޅުއްވާ ވިސްނުމާއި، ބިދޭސީ ސިފައިން ބޭލުމާއި، އަމާންކަން ގާއިމު ކުރެއްވުމުގެ ސިޔާސަތު ގިނަ ކަމުދާ ކަމަށް ގިނަ ބަޔަކު ފާހަގަކުރިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، މި މަހުގެ 30 ވަނަ ދުވަހުއެވެ. މި ބުރުގައި ވާދަ ކުރަނީ އެމްޑީޕީ އާއި އިދިކޮޅު މައ ޕާޓީ، ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނެވެ.
އިންޑިއާގެ މިލިޓަރީ މިގައުމުން ބޭރުކުރުމުގަ އުމަރުގެ ދައުރު މުހިންމު… ގައުމަށް ޓަކައި އަދި ދީނަށްޓަކައި އެއްފިކުރެއް ކަމުގައި ނުވިޔަސް ޑރ.މުއިއްޒާ ގުޅިވަޑައިގަތުމަކީ ރަގަޅު ނިންމުމަކަށް ވާނެ ކަމަށް ދެކެން