ދުނިޔެ

ޗައިނާގެ ޖާސުސުން ދަނީ ފާރަލަމުން: އިނގިރޭސިވިލާތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ޖާސޫސުން ސިޔާސީ، ދިފާއީ އަދި ވިޔަފާރީގެ ނާޒުކު މަގާމުތަކުގައި ތިއްބެވި އިނގިރޭސި އޮފިޝަލުންނަށް އަމާޒުކުރަނީ ސިއްރުތައް ހޯދުމުގެ ގޮތުން ޖާސޫސީ ހަރަކާތްތައް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް އިނގިރޭސި ސަރުކާރުން ބުރާސްފަތި ދުވަހު ބުނެފި އެވެ.

Ads by Sosun Fihaara

މިދިޔަ ޖުލައި މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓެއްގައި ޗައިނާއަށް ކުރިމަތިވެފައިވާ ނުރައްކަލާ މެދު ސަރުކާރުން ގެންގުޅޭ ވިސްނުމަކީ އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ކަނޑައެޅުމަށް ފަހު ސަރުކާރުން ވަނީ ޗައިނާގެ ޖާސޫސް ކުރުމުގެ "ވަރަށް ބޮޑު" މިންވަރެއް ފާހަގަކޮށްފަ އެވެ.

"ޗައިނާގެ ރެކްރޫޓްމަންޓް ސްކީމްތަކުން މަސައްކަތްކޮށްފައި ވަނީ އިނގިރޭސިންނާއި ގުޅިފައިވާ ގައުމުތަކުގެ ރައްޔިތުން އިސް މަގާމުތަކުގައި އަދި ނާޒުކު އިލްމާއި ތަޖުރިބާއާ އެކު،" ސަރުކާރުން ބުންޏެވެ.

ޗައިނާއަށް ޖާސޫސްކުރި ކަމުގެ ތުހުމަތުގައި މިދިޔަ މާޗް މަހު ޕާލަމެންޓަރީ ރިސާޗަރަކު ހައްޔަރުކުރިކަން ހަފުތާ ބަންދުގައި ހާމަވުމާ އެކު، އިނގިރޭސިވިލާތުގައި ޗައިނާގެ ހަރަކާތްތަކާ މެދު ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

ޖާސޫސެއް ކަމަށް އިންކާރުކުރި ޒުވާން ރިސާޗަރު ހައްޔަރުކުރުމާ ގުޅިގެން އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ހަރުކަށި ސްޓޭންޑަކަށް ގޮވާލައިފަ އެވެ. ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަނީ ޖާސޫސްކުރާ ކަމަށް ބުނާ ވާހަކަތަކަކީ މުޅިން އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސިފަކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!