ދުނިޔެ

ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ ކުޑަކުދިންގެ އަދަދު މަދު

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުން މުޅި ދުނިޔެ ވަނީ ސިއްސުވާލާފައެވެ. އެއް ލައްކައަށް ވުރެ ގިނަ މީހުނަށް ވައިރަސް ޖެހި 4000 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

Ads by WAMCO

ވައިރަސް ޖެހުނު މީހުންގެ 66.77 އިންސައްތައަކީ ހަމައެކަނި ޗައިނާ މީހުންނެވެ. ވައިރަސް ޖެހުނު ޗައިނާ މީހުންގެ ކޭސްތަކަށް ބަލާއިރު މަރުވި މީހުންގެ ބޮޑު އިންސައްތަ އަކީ އުމުރުން ދުވަސްވި މީހުންނެވެ. އަދި ކުޑަކުދިންނަށް ވައިރަސް ޖެހޭ މިންވަރު ނިސްބަތުން ވަރަށް މަދެވެ. އެގޮތުން ޑަބްލިޔުއެޗްއޯ ގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޗައިނާއިން ކުޑަކުދިންނަށް ވައިރަސް ޖެހިގެން ރިޕޯޓުކޮށްފައިވަނީ އެންމެ 2.4 އިންސައްތަ ކޭސްއެވެ. އަދި އޭގެ ތެރެއިންވެސް ސީރިއަސް ހާލަތަށް ގޮސްފައިވަނީ އެންމެ 0.2 އިންސައްތަ ކުދިންނެވެ.

އެއާއި ހިލާފަށް ޗައިނާގައި ވެސް އަދި ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް އުމުރުން ދުވަސްވީ މީހުނަށް ވައިރަހުގެ ނުރައްކާ ބޮޑުކަމަށް ޑަބްލިޔުއެޗްއޯ އިން ހާމަކޮށްފައިވެއެވެ.

އެއާއެކު ތަޖުރިބާކާރުން ބުނަމުން ދަނީ މި ވައިރަހާއި އާންމުކޮށް ޖެހޭ ރޯގާ ނުވަތަ އިންފުލުއެންޒާ އާއި ވަރަށް ތަފާތެވެ. އެހެނިހެން އިންފުލުއެންޒާ ގައި ކުޑަކުދިންނަށް ނުރައްކާ ބޮޑު ނަމަވެސް ކޮރޯނާ ވައިރަހުން ކުޑަކުދިންނަށް މާ ބޮޑު ނުރައްކަލެއް ނެތް ކަމަށް ވެސް ތަޖުރިބާކާރުން ބުނެެއެވެ.

ކޮރޯނާ ވައިރަހުގެ 121،747ކޭސް ދުނިޔޭގެ އެކި ހިސާބުތަކުން ރިޕޯޓުކުރެވިފައިވާއިރު ވައިރަސް ޖެހުނު 66988 މީހުންވަނީ ވައިރަހުން މުޅިން ރަނގަޅުވެފައެވެ. އަދި ވައިރަހުގެ ސަބަބުން 4387 މީހެއް މަރުވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!