ދުނިޔެ

103 އަހަރުގެ އަންހެނަކު ކޮރޯނާ ވައިރަހުން ސަލާމަތްވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގެ ވުހާން ސިޓީގައި 103 އަހަރުގެ އަންހެނަކު ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހުމަށް ފަހު ރަނގަޅު ވެއްޖެއެވެ.

Ads by Sosun Fihaara

ޒަންގް ޖުއަންފެން ނަމަކަށް ކިޔާ 103 އަހަރުގެ އަންހެން މީހާއަކީ ކޮރޯނާ ވައިރަސް ޖެހިގެން ރަނގަޅުވި އެންމެ މުސްކުޅި މީހާއެވެ. އެ އަންހެން މީހާއަށް ކޮރޯނާ ވައިރަސް ޖެހުން ފަހުން 6 ދުވަސް ތެރޭގައި އޭނާ ވަނީ ބަލިން ފަސޭހަވެފައެވެ.

އެ އަންހެން މީހާ އަށް ފަރުވާ ދިން ޑޮކްޓަރު ޑރ ޒެންގް ޔުލާން ބުނި ގޮތުގައި، އޭނާ އަށް އެހާ ފަސޭހައިން ބަލިން ފަރުވާ ލިބުނީ، އެމީހާއަކީ ނިއުމޯނިއާ ނުވަތަ ބޯޑު ބައްޔެއް ޖެހިފައިވާ މީހަކަށް ނުވާތީއެވެ.

އެ އަންހެން މީހާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެގެން ވުހާން ގެ ލިޔުއާން ހޮސްޕިޓަލްގެ ޓޮންޖީ މެޑިކަލް ކޮލެޖްގައި އެޑްމިޓް ކުރީ މިމަހުގެ 1 ވަނަ ދުވަހެވެ.

ވުހާން ސިޓީގައި މީގެ ދުވަސްކޮޅެއް ކުރިން 101 އަހަރުގެ މުސްކުޅިއަކުވެސް ކޮރޯނާ ވައިރަހުން ރަނގަޅުވެފައެވެ. ސިއްހީ ތަޖްރިބާކާރުން ބުނާ ގޮތުގައި ކޮރޯނާ ވައިރަހުގެ ނުރައްކާ އެންމެ ބޮޑީ ދުވަސްވީ އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށެވެ.

ވުހާން ސިޓީގައި މިހާރުވެސް 11 މިލިއަނަށް ވުރެ ގިނަ މީހުން ތިބީ ލޮކްޑައުން ގައެވެ. ދިވެހި ރާއްޖެއިން ވެސް ވަނީ މިހާރު 8 މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ކޮރޯނާގެ 124923 ކޭސް ރިޕޯޓުކުރެވިފައިވާއިރު ވައިރަސް ޖެހުނު 67050 މީހުންވަނީ ވައިރަހުން މުޅިން ރަނގަޅުވެފައެވެ. އަދި ވައިރަހުގެސަބަބުން 4585 މީހެއް މަރުވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!