Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

އިންޑިއާއިން ވެސް ބިދޭސީންނަށް ވިސާ ދޫކުރުން މެދު ކަނޑާލަނީ

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އިންޑިއާއިން ބިދޭސީންނަށް ވިސާ ދޫކުރުން މެދު ކަނޑާލަން ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ބޭއްވި އިންޑިއާ ސަރުކާރުގެ އިސްވެރިންގެ ބައްދަލުވުމަށް ފަހު ނިންމާފައި ވަނީ މިހާރު ދޫކޮށްފައިވާ ވިސާތައް އޭޕްރިލް 15 އާ ހަމައަށް ސަސްޕެންޑު ކުރުމަށެވެ.

ނަމަވެސް އޭގެ ތެރޭގައި ޑިޕްލޮމެޓިކް ވިސާ، އޮފިޝަލް ވިސާ، އދ. އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ދޫކުރާ ވިސާ، އެމްޕްލޯއިމަންޓް އަދި ޕްރޮޖެކްޓް ވިސާ ނުހިމެނެއެވެ.

Advertisement
Allied Insurance — Square (box)

މި ނިންމުން ތަންފީޒު ކުރަން ފަށާނީ މާޗް 13 ވަނަ ދުވަހުން ފެށިގެންނެވެ.

އޭގެ އިތުރުން ބޭރު ގައުމެއްގެ ރައްޔިތަކު އިންޑިއާއަށް ކޮންމެހެން ދަތުރު ކުރަން ޖެހިއްޖެ ނަމަ އެންމެ ކައިރީގައި ހުންނަ އިންޑިއާގެ މިޝަނަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް ވަނީ އެދިފަ އެވެ.

އިންޑިއާއަށް އެތެރެވާ އެހެން ގައުމުތަކުގެ މީހުންނާއި، ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ގައުމުތަކުން އަންނަ އިންޑިއާގެ ރައްޔިތުން ވެސް 14 ދުވަހަށް ކަރަންޓީނު ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.

އަދި އިންޑިއާގެ ރައްޔިތުން ވެސް ކޮންމެހެން ދަތުރެއް ކުރަން ޖެހިގެން މެނުވީ ގައުމުން ބޭރަށް ނުދިޔުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް