ޚަބަރު

އައު ސަރުކާރު ވެގެންދާނީ ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރެވިގެންދާ ސަރުކާރަކަށް: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އައު ސަރުކާރު ވެގެންދާނީ ކައުންސިލްތަކަށް ވަރަށްފަހި ޙަޤީޤީ މާނައިގަ ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރެވިގެންދާ ސަރުކާރަކަށް ކަމުގައި ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކައުންސިލްގެ 119 ވަނަ ޖަލްސާގައި ޑރ. މުޢިއްޒު ވަނީ މާލެ ސިޓީކައުންސިލަށް ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުރިއަށް ނުގެންދެވުނު މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ލޭންޑް ޔުސް ޕްލޭން ފާސް ނުވި ކަމާއި، ކުންފުނި ރަޖިސްޓްރީ ނުކޮށްދެއްވާ ކަމާއި، ޕާކިންގ ބިލްޑިންގތައް އަޅަންއުޅެ އެ ހުއްދަވެސް ނުދެއްވިކަމާއި، މަގު ހެދުމުގު މަޝްރޫޢު ސިޓީކައުންސިލް އަތުން އަނބުރާ ގެންދިއުން ޑރ. މުޢިއްޒު ފަހަގަކުރެއްވިއެވެ.

ބޮޑެތި ކަންކަން ނިންމަންއުޅެ އެއްވެސް ކަމެއް ނުނިމި ދިޔައީ.ލޭންޑް ޔުސް ޕްލޭން ފާހެއް ނުވި،ކުންފުނި ރަޖިސްޓްރީއެއް ނުކޮށްދެއްވާ،ޕާކިންގ ބިލްޑިންގތައް އަޅަން އުޅެއުޅެ އެ ހުއްދައެއް ނުދިން،މަގު ހެދުމުގު މަޝްރޫޢު ގެންދިއައީ، އެކަން ދިމާވެފަ ހުރީ ސިޔާސީ ފިކުރު ދިމާނުވާ ރާއްޖޭގެ އެހެން ގިނަ ކައުންސިލް ތަކަށްވެސް، އެހެންވީމަ އަޅުގަނޑު ރިޔާސީ އިންތިޚަބުގެ ކެމްޕޭންގަ ވަރަށްބޮޑަށް އެކަމާ ވިސްނާފަ ހުށަހެޅީ އެލްޖީއޭ ފުލީ ފަންކްޝަން ކުރެވި ބާރުވެރި ކުރެވޭނެ ނިޒާމް،އެކަމަށް ޚާއްޞަ މިނިސްޓަރެއް ބަހައްޓައިގެން، އެލްޖީއޭއަށް ބާރުދީގެން ޑޭޓުޑޭ ކައުންސިލްތަކުން ބޭނުންވާ އެފަދަ ހުރިހާ ކަމެއް ސަރުކާރުތެރެއިން ލިބޭ ހުއްދަތައް ހޯދުމާ ކައުންސިލްތައް ހިނގާނެގޮތް ހެދުމަކީ އަޅުގަނޑުމެން ކުރިއަށް ގެންދާނެގޮތެއް.

މާލެސިޓީ ކައުންސިލެކޭ އެއްފަދައިން ރާއްޖޭގެ ގިނަ ކައުންސިލްތަކުގައި މިފަދަ މުހިންމު ކަންކަން ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ ދަތިތަކަށް އަލި އަޅުއްވާލައްވާ ޑރ. މުޢިއްޒު ވިދާޅުވީ ނޮވެމްބަރު 17 ގެ ފަހުން އެމަނިކުފާނު ސަރުކާރާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ފެނިގެންދާނީ ކައުންސިލްތަކުގައި މަޑުޖެހިފަ ހުރި ކަންކަން ބާރަށް ހިނގާތަން ކަމަށާއި، ރައްޔިތުން އިންތިޚާބުކޮށްފައިތިބި ލޯކަލް ކައުންސިލަރުންގެ ދައުރު ފުރިހަމައަށް އަދާ ކުރުމުގެ ފުރުޞަތު އެމަނިކުފާނުގެ ސަރުކާރެއްގައި ލިބިގެންދާނެ ކަމަށެވެ.

އެހެންވީމަ އިރާދަކުރެއްވިއްޔާ 17 ނޮވެމްބަރަށްފަހު ފެނިގެންދާނީ މާލެ ސިޓީ ކައުންސިލުން އަދި އެހެން ހުރިހާ ކައުންސިލްތަކުންވެސް ހުއްޓިފަހުރި ނުވަތަ ހުއްދަ ނުލިބިގެން ނުހިނގާހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ވަރަށް ފަސޭހަ ކަމާއެކީގަ ހުއްދަލިބިގެން ސީދާ ރައްޔިތުން އިންތިޚަބުކޮށްފަތިބި ލޯކަލް ކައުންސިލަރުންގެ ދައުރު ފުރިހަމައަށް އަދާ ކުރުމުގެ ފުރުޞަތު ލިބިގެންދާނެ. އެހެންވީމަ މި ކައުންސިލްގަވެސް މަޑުޖެހިފަ ހުރި ކަންކަން ބާރަށް ހިނގާނެ އެހިސާބުން އިރާދަކުރެއްވިއްޔާ.. ޙަޤީޤީ މާނައިގަ ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރެވިގެންދާނެ.

މިއާއިއެކު ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާގެ ސަރުކާރު ވެގެންދާނީ ކައުންސިލްތަކަށް ވަރަށް ފަހި ސަރުކާރަކަށް ކަމަށާއި، އަދި ކައުންސިލްތައް ހިންގުމަށް ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!