ދުނިޔެ

ކޮރޯނާގެ ބަލިމަޑުކަން 6 މަހަށް ދިގުދެމިގެންދާނެ : ތަޖުރިބާކާރުން

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހުގެ ބަލިމަޑުކަން އަދި އިތުރު ހަ މަހެއްހާ ދުވަހަަަށް ދިގުދެމިގެންދާނެ ކަމަށް ޞިއްޙީ ތަޖުރިބާކާރަކު ބުނެފިއެވެ.

Ads by Sosun Fihaara

އެމެރިކާގެ ތަޖުރިބާކާރެއް ކަމަށް މައިކަލް އޮސްޓަހޮމް ބުނިގޮތުގައި ބަލި ފެތުރުން ހަމައެކަނި ޞިއްޙީ ޚިދުމަތްތެރިންނަށް ނުހުއްޓުވޭނެކަމަށާއި ބަލިން ރައްކާތެރިވުމަށް މާސްކު އެޅުމާއި އަންގި ލެއްވުމަކީ ވެސް ބޭކާރު ކަމެއް ކަމަަށެވެ.

އޭނާ އިތުރަށް ބުނިގޮތުގައި ބަލީގެ ހާލަތު އަދި މިއަށް ވުރެ ބޮޑުވާނެއެވެ. ބަލި ޖެހޭ މީހުނާއި މަރުވާ މީހުންގެ އަދަދު ވެސް އިތުރުވާނެކަމަށާއި ނަމަވެސް މިއީ މިކަމުން އަރައިގަނެވޭނެ ބަލިމަޑުކަމެއް ކަމުގައިވެސް މައިކަލް ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި އާންމު ރޯގާތަކަށް ވުރެ ކޮރޯނާ ވައިރަހުގެ ނުރައްކާ 15 ގުނަ އިތުރެވެ. އަދި ބަލި ފެތުރޭ ހަމައެކަނި ގޮތަކީ މޫނުގައި އަތްލުން ފަދަ ކަންކަން ނޫން ކަމާއި ވައިރަސް ހުރި ވައިން ނޭވާ ލުމުން ވެސް ވައިރަސް ފެތުރިދާނެ ކަމަށް ބުނެފައިވެއެވެ.

ކުޑަކުދިންނަށް ވައިރަހުގެ ނުރައްކާ ކުޑަކަން އޭނާ ކުރި ދިރާސާއިން ވެސް ހާމަވެފައިވާ ކަމަށާއި ނަމަވެސް ސަބަބު އަދި އެނގިފައި ނުވާކަމަށް ޔުނިވާސިޓީ އޮފް މިނެސޯޓަގެ ސެންޓަރ ފޯ އިންފެކްޝަސް ޑިސީސް ރިސާޗް އެންޑް ޕޮލިސީ ގެ ޑިރެކްޓަރ މައިކަލް ބުނެފައިވެއެވެ.

126,383 މީހުނަށް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު ޑަބްލިޔުއެޗްއޯ އިން ވަނީ ކޮރޯނާ ވައިރަހަކީ މުޅި ދުނިޔެއަށް އޮތް ބަލިމަޑުކަމެއްގެ ގޮތުގައި ނިންމާފައެވެ. ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 4635 އަރާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!