މައްސަލަ ހޫނުވެފައި އޮތް އަތޮޅަށް ޕިލިޕީންސްއިން ވަނުމުން ޗައިނާއިން ކަންބޮޑުވެއްޖެ
ދެކުނު ޗައިނާ ކަނޑުގެ އަތޮޅެއްގައި ފިލިޕީންސް ސިފައިން އަލުން ސަޕްލައި ކުރުމަށް ފިލިޕީންސްގެ ހަތަރު އުޅަނދެއް ކުރި މިޝަން ކުށްވެރިކޮށް ޗައިނާއިން ބުނީ އެ އުޅަނދުތައް ސްޕްރެޓްލީ އައިލެންޑްސްގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ އެގައުމުގެ ހުއްދަނެތި ކަމަށެވެ.
ފިލިޕީންސުން ބުދަ ދުވަހު ބުނީ، އެ އަތޮޅުގައި ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ޓްރާންސްޕޯޓް އުޅަނދަކަށް ބަދަލުވި އަސްކަރީ އައުޓްޕޯސްޓެއްގައި ތިބި އެގައުމުގެ ސިފައިންނަށް ޗައިނާގެ ކޯސްޓްގާޑުން ހުރަސް އަޅަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުކަމާއެކު ތަކެތި ފޮނުވާފައިވާ ކަމަށެވެ.
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ބޮޑެތި ދަޢުވާތަކެއް ކުރާކަމަށް ބުނެ އަވަށްޓެރި ބައެއް ޤައުމުތަކާ ޗައިނާއިން ޚިޔާލު ތަފާތުވެފައިވާއިރު، ފިލިޕީންސްއާއެކު އޮތް ގުޅުން ވަނީ ދާދި ފަހުން މިމައްސަލައިގައި ވަރަށް ބޮޑަށް ހީނަރުވެފައެވެ.
"ފިލިޕީންސްގެ ސަޕްލައި އުޅަނދުތަކާއި ކޯސްޓްގާޑުގެ ދެ އުޅަނދެއް ކަނޑުގެ ސަރަހައްދަށް ވަދެއްޖެ ... ޗައިނާގެ ނަންޝާ އައިލެންޑްސްގައި ޗައިނާ ސަރުކާރުގެ ހުއްދައަކާ ނުލައި،" ސްޕްރެޓްލީ އައިލެންޑްސް އަށް ޗައިނާގެ ނަން ބޭނުންކޮށް ޗައިނާ ކޯސްޓްގާޑުގެ ތަރުޖަމާނު ގަން ޔޫ ވެބްސައިޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އެ ސަރަހައްދުގައި ވާ އަތޮޅަށް ފިލިޕީންސްގެ އަޔުންގިން ކިޔާއިރު، ޗައިނާއިން ކިޔަނީ ރެނާއީ ރީފެވެ. ސެކަންޑް ތޯމަސް ޝޯލްގެ ނަމުން ވެސް މަޝްހޫރުވެފައިވާ މި ބޯޓަކީ ފިލިޕީންސްގެ ރަށެއް ކަމަށްވާ ޕަލަވާންއާ 105 މޭލު (109 ކިލޯމީޓަރު) ދުރުގައި އޮންނަ ސަރަހައްދެކެވެ.
ފިލިޕީންސް ސިފައިންގެ މަދު ބަޔަކު ދިރިއުޅެމުން ދަނީ 1999 ވަނަ އަހަރު ފިލިޕީންސްގެ އިސްތިގުލާލު ވަރުގަދަ ކުރުމުގެ ގޮތުން އެ ޝޯލްގައި ބިންދައިގެން ދިޔަ ކުރީގެ ނޭވީ ޓްރާންސްޕޯޓް އުޅަނދު ކަމަށްވާ ބީއާރްޕީ ސިއެރާ މެޑްރޭގަ އެވެ.
ޗައިނާ ކޯސްޓްގާޑުން ކުރި ޕޯސްޓެއްގައި ބުނީ ހަރުކަށި އިންޒާރުތައް ދީފައިވާ ކަމަށާއި ގަވައިދާ ހިލާފަށް "ގޮނޑުދޮށުގައި އިންނަ" އުޅަނދަށް ފިލިއްޕޭ މުދާ އުފުލުމާ ދެކޮޅު ކަމަށެވެ.