ޚަބަރު

ފުވައްމުލަކު ބަނދަރަށް ޓޫރިސްޓް އުނޅަދު ފަހަރު ވަނުން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ރޯގާއަށް ރައްކާތެރިވުމުގެ ގޮތުން ފުވައްމުލަކު ބަނދަރަށް ޓޫރިސްޓް އުޅަނދުފަހަރު ވަނުން މަނާކޮށްފިއެވެ.

Ads by MWSC

ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ކޮރޯނާ ވައިރަހުން ރައްކާތެެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ފުވައްމުލަކު ބަނދަރަށް ޓޫރިސްޓް އުޅަނދުފަހަރު ވަނުން ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަަށެވެ.

ގުދުރަތީ ރީތިކަން ލިބިފައިވާ ފުވައްމުލަކަކީ ފަތުރުވެރިންގެ މެދުގައި ޑައިވިންއަށް ވެސް މަގުބޫލު މަންޒިލެކެވެ.

ފުވައްމުލަކުން މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު ރާއްޖޭގެ އެކި ރަށްރަށުން ވެސް ދަނީ ކޮރޯނާއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަަޅަމުންނެވެ.

ރާއްޖެއިން މިހާތަނަަށް ކޮރޯނާ ވައިރަހަށް ފައްސިވެފައިވާ 8 މީހަކު ވަނީ ފެނިފައެވެ. އެއާއެކު ސަރުކާރުން ވަނީ ޞިއްޙީ ކުއްލި ހާލަތު އިއުލާން ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!