ޚަބަރު

ކޮވިޑް19: ގުރޭޑް 10 ގެ ދަރިވަރުންނަށް އިކޮނޮމިކްސް ކިޔަވައިދޭ ވައިބަރ ކޮމިޔުނިޓީ ގުރޫޕެއް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް 19 އާއި ގުޅިގެން ސުކޫލު ޗުއްޓީ ހަފްތާއަކަށް އިތުރުވުމާއެކު ގުރޭޑް 10ގެ ދަރިވަރުންނަށް އިކޮނޮމިކްސް އުނގައްނައިދޭ ކޮމިޔުނިޓީ ވައިބަރ ގުރޫޕެއް އެ މާއްދާ ކިޔަވައިދޭ މުދައްރިސުން ކޮޅެއް ތަޢާރަފް ކޮށްފިއެވެ.

Ads by Sosun Fihaara

"ދެން " އަށް މައުލޫމާތު ދެއްވަމުން މި މި މަސައްކަތުގައި އިސްކޮށް ހުންނެވި އާލިމް މުހައްމަދު ވިދާޅުވީ މި މަސައްކަތަކީ ސުކޫލު ޗުއްޓީ އިތުރުވުމާއެކު އަދި ކޮރޯނާ ވައިރަސް ރާއްޖެއިން ވެސް ފެނިފައިވާތީ ދަރިވަރުން ގޭގައި ތިބެގެން ކިޔެވޭނެ މަގެއް ފަހިކުރުމަށް ކުރާ މަސައްކަތެއް ކަމަަށެވެ.

"އަޅުގަނޑު އެދެން ހަމަ ވީހާވެސް ގިނަ ދަރިވަރުން މި ގުރޫޕަށް ޖޮއިން ކުރަން ، މިހާރުވެސް 300 އަށް ވުރެ ގިނަ ދަރިވަރުން އެބަތިބި މި ގުރޫޕްގައި، ނޯޓްސްތަކާއި ސުވާލާ ޖަވާބުގެ އިތުރުން ފިލާވަޅު ތަކާ ގުޅޭ ރިސޯސްތައް އަަޅުގަނޑުމެންގުރޫޕްގައި ހިއްސާ ކުރާނަން" މަޖީދިއްޔާ ސުކޫލުގައި ވެސް އިކޮނޮމިކްސް ކިޔަވައިދެއްވި އަދި މިހާރު އަމިއްލަ ރަށް ކަމަށްވާ ކުޑަހުވަދޫ އަށް ބަދަލުވެއެރަށުގައި ހުންނަ ދ.އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދެއްވާ އާލިމް ވިދާޅުވިއެވެ.

އާލިމް ވިދާޅުވީ މިއީ އަގެއް ނަގައިން ކުރާ މަސައްކަތެއް ނޫން ކަމަށާއި މިކަމުގައި އިތުރު މުދައްރިސުން ވެސް ބައިވެރިވާ ކަމަަށެވެ.

ާމި ގުރޫޕަށް ވަންނަަށް ބޭނުންވާ ދަރިވަރުން އާލިމްއަށް ފޭސްބުކް މެެެދުވެރިކޮށް މެސެޖްކޮށްލުމުން އެ ދަރިވަރަކަށް ގުރޫޕްގެ ލިންކް ފޮނުވައިދެއްވާނެ ކަމަށް އާލިމް މައުލޫމާތު ދެއެވެ.

ހާލަތާއި ގުޅިގެން ތަައާރަފްކުރި މި މިމަތިވެރި މަސައްކަތް ކުރައްވާ އާލިމްގެ ޓީމުގައި ހިމެނެނީ ށ.އަތޮޅު މަދަރުސާގެ މުދައްރިސް އިބްރާހީމް މަބްރޫގާއިށ.މިލަންދޫ ސުކޫލުގެ މުދައްރިސް ޢަލީ ފުއާދުގެ އިތުރުން ދ.މާއެނބޫދޫ ސުކޫލުގެ މުދައްރިސް އަފްލާޙް މުޙައްމަދެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!