ދުނިޔެ

ކޮރޯނާ ވައިރަހުގެ ސަބަބުން ދަރިފަނި އުފެދުމުގައި މައްސަލަ ތަކެއް؟

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ސަބަބުން ފިރިހެނުންގެ ދަރިފަނި އުފެދުމުގައި މައްސަލަތައް ދިމާވާ ކަމަށް ކޮރޯނާ ވައިރަސް ފެތުރިގެން އައި ވުހާން ގެ ޑޮކްޓަރުން ބުނެފިއެވެ.

Ads by Sosun Fihaara

ވުހާންގެ ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދަރިފަނި އުފެދުމުގައި މައްސަލަޖެހެނީ ވައިރަހުގެ ސަބަބުން ހޯމޯނަށް ގެއްލުންތަކެއް ލިބޭތީއެވެ.

ކޮރޯނާ ވައިރަހުން ބޮޑަށް ގެއްލުން ވަނީ ފުއްޕާމެއާއި ނޭވާލާ ނިޒާމަށް ކަމަށް ވީނަމަވެސް ފިރިހެނުންގެ ފާރޓަލިޓީއަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާ ކަމަަށް ވުހާންގެ ޓޮންގްޖީ ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނެއެވެ.

ޓޮންގްޖީ ހޮސްޕިޓަލަކީ ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު ވައިރަހާއި ހަނގުރާމަ ކުރުމަށް ޖެނުއަރީ ގައި ހުޅުވި ހޮސްޕިޓަލެކެވެ.

ވައިރަހުގެ ސަބަބުން ފިރިހެނުންގެ ފާރޓަލިޓީއެއް ކުރާ އަސަރު އަދި އެއްވެސް ދިރާސާއެއްގެ އެހީގައި ޔަގީން ކުރެވިފައެއް ނުވެއެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ކޮރޯނާ ވައިރަހަކީ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު 126000 ވުރެ ގިނަ މީހުނަށް ވަނީ ވައިރަސް ޖެހިފައެވެ. އަދި ބަލި ޖެހުނު 4718 މީހުން ވަނީ ބަލީގައި މަރުވެފަައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!