ޚަބަރު

އެލައިޑުން ހޯމް ކޮންޓެންޓް ޕްލޭނެއް ނަގައިގެން 50 އިންޗީގެ ސްމާޓް ޓީވީއެއް ލިބޭ ޕްރޮމޯޝަނެއް

ޙައްވާ އިނާޝާ ، ދެން އޮންލައިން

އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ ހޯމް ކޮންޓެންޓް ޕްލޭނެއް ނަގައިގެން 50 އިންޗީގެ ސްމާޓް ޓީވީއެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ.

Ads by MWSC

އެލައިޑުން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެގޮތުން މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެލައިޑްގެ މޯބައިލް އެޕް ނުވަތަ ވެބްސައިޓް، myallied.mv މެދުވެރިކޮށް ހޯމް ކޮންޓެންޓް ޕްލޭނެއް ނަގަންޖެހޭނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

މީގެ އިތުރުން އެލައިޑްގެ ފޭސްބުކް ޕޭޖުގައިވާ ޕްރޮމޯޝަންގެ ޕޯސްޓަރު ޕަބްލިކް ސެޓިންގައި އެލައިޑްގެ ފޭސްބުކް ޕޭޖާއި އަޔާދީ ތަކާފުލްގެ ފޭސްބުކް ޕޭޖު ޓެގު ކޮށް ހިއްސާކުރަން ޖެހޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެލައިޑުން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ލިންކް:

އެލައިޑުން ބުނީ އަޔާދީ ހޯމް ކޮންޓެންޓް ޕްލޭންގެ ދަށުން ތިން ޕްލޭނެއް ހަދާފައިވާ ކަމަށާއި އެއީ އެ މީހަކު ބޭނުންވާ ގޮތަކަށް ފަރުމާ ކުރެވޭ 'ހޯމް ކޮންޓެންޓް ތަކާފުލް' ޕްލޭނާއި ހިޔާ ފްލެޓުތަކުގައި އުޅޭ ފަރާތްތަކަށް އަމާޒުކޮށްފައިވާ 'އަހަރެންގެ ހިޔާ' ޕްލޭން އަދި ހިޔާވަހި ޕްލޭން ކަމަށެވެ. ހިޔާވަހި ޕްލޭނަކީ ސެޓް ހޯމް ކޮންޓެންޓް ޕެކޭޖެއް ކަމަށް އެލައިޑުން ހާމަކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!