ޚަބަރު

އެލައިޑުން ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ހާސިލުކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ހާސިލުކޮށްފިއެވެ.

Ads by MWSC

މިމަހުގެ 26 ގައި ބޭއްވި އިފްސާ އެވޯޑު ހަފުލާގައި އަޔާދީ ތަކާފުލްއިން ވަނީ "ތަކާފުލް ވިންޑޯ " ކެޓަގަރީން ގޯލްޑް އެވޯޑް ހާސިލުކޮށްފައެވެ.

މި އެވޯޑު ހަފްލާއަކީ ސްރީލަންކާގެ އެޑިއު ކޮންސަލްޓުން އިންތިޒާމު ކުރާ އެވޯޑު ހަފްލާއެކެވެ.

އެގޮތުން މި އެވޯޑަކީ ސައުތު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސް ދާއިރާ ފުޅާކޮށް، ހިދުމަތް ދިނުމުގައި މުޖްތަމައުއަށް ފައިދާ ކުރުވަނިވި އީޖާދީ ވިސްނުން ތައާރަފުކުރާ ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އަހަރީ އެވޯޑެކެވެ.

މިއީ އަޔާދީ ތަކާފުލްއިން މި އެވޯޑު ވިދިވިދިގެން ހާސިލުކުރި ފަސް ވަނަ ފަހަރެވެ.

އިފްސާ އެވޯޑު ސީރީޒްގައި އަޔާދީ ތަކާފުލްއިން ވަނީ މިހާތަނަށް ގިނަ އަދަދެއްގެ އެވޯޑު ހާސިލުކޮށްފައެވެ. އޭގެ ތެރޭގައި 2017 ވަނަ އަހަރު ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، "ހައްޖު އަދި އުމްރާ ތަކާފުލް" އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔާ" އާއި 2021 ވަނަ އަހަރު "އަހަރެންގެ ހިޔާ" އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔާ" ސިލްވާ އެވޯޑު އަދި އޭގެ އިތުރުން 2018، 2019، 2020، 2021 އަދި 2022 ވަނަ އަހަރު "ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔާ" އިން ލިބިފައިވާ ގޯލްޑް އެވޯޑު ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!