ލައިފްސްޓައިލް

މިކަންކަމުގައި ތުއްތު ކުދިންނަށް ސަމާލުކަން ދިނުން މުހިންމު!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތުއްތު ކުދިންނަކީ ވަރަށް ނާޒުކު ބައެކެވެ. ބޮޑެތި މީހުންނާ ޚިލާފަށް ކަންކަން ނަގައިގަންނަން އެކުދިންނަށް ފަސޭހައެއް ނުވާނެއެވެ. އެއީ ދުނިޔޭގެ އެތައް ކަމެއް ދަސް ކުރަމުންދާ، ދުނިޔެއަށް ލޯ ހުޅުވެމުންދާ ބައެއްކަން އަހަރުމެން ދަންނަން ޖެހެއެވެ.

Ads by STELCO

ކިތަންމެ ކަމެއް ނޭނގުމަސް، ތުއްތު ކުދިންވެސް އެތައް ކަމެއް އިޙުސާސް ކުރެއެވެ.ރުޅި އައުމާއި، އުފާވުމާއި، ދެރަވުމާއި ލަދު ގަތުމެވެ.

ތުއްތުއިރު ކުރެވޭ ބައެއް ތަޖުރިބާތަކުގެ އަސަރު ވަރަށް ފަހުންވެސް ކުރެއެވެ. ބައެއް ފަހަރު ކުރެވޭ އިޙްސާސްތަކުގެ އަސަރު، ކުއްޖާގެ މުޅި އުމުރަށް ވެސް ހުރެއެވެ.

އެހެންކަމުން، މިއީ ތުއްތު ކުދިންގެ މައިންބަފައިން ސަމާލުވާން ޖެހޭ ކަންކަމެވެ. ދަރިންނާއިމެދުގައި ޢަމަލު ކުރެވެނީ ކިހިނެއްތޯ ވިސްނައިލުން ބުއްދިވެރިއެވެ.

ބާކީވެފައިވާ ކަމުގެ އިޙުސާސް ކުރެވުން:

ކުޑަކުއްޖަކަށް މި އިޙުސާސް ކުރެވޭނަމަ، ބޮޑުވެގެން ކަންކަމާ ކުރިމަތިލާން ފަސްޖެހިދާނެއެވެ. އަދި ތިމާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި، އަމިއްލަ ނަފްސުގެ މުހިންމު ކަމާމެދު ސުވާލު އުފެދޭ ހިސާބަށްވެސް ހިނގައިދާނެއެވެ. އެހެންކަމުން ދަރިންނަށް ބާކީވެފައިވާ ކަމުގެ އިޙުސާސް ވިޔަ ނުދޭށެވެ.

ނާއިންސާފުން ކަންތައް ކުރުން:

ދަރިންނާ ދޭތެރޭގައި ތަންކޮޅެއް ހަރުކަށި ވެވޭނަމަ، ”މިސްޓޭކް“ ހަދައިގެން ކަންކަން ދަސްކުރަން ދަރިންނަށް ދެވޭ ފުރުސަތު މަދުވެއެވެ. މިހެންވުމުގެ ސަބަބުން ދަރިން ކަންކަމާ ކުރިމަތިލާން ފަސްޖެހެެއެވެ. އަދި އެއްވެސް ކަމެއްގައި އެކުއްޖަކު ބޭނުންވާ ގޮތް، ނުވަތަ ދެކޭގޮތް ހާމަ ކުރަން ފަސްޖެހިދާނެއެވެ.

މަލާމާތް ކުރުން:

ކުޑައިރު އާންމު ގޮތެއްގައި ކުއްޖަކަށް މަލާމާތް ރައްދުވާނަމަ، އެއީ ވަރަށް ދެރަ ކަމެކެވެ. މިއީވެސް ކުއްޖާއަށް އަމިއްލަ ނަފްސުގެ މުހިންމުކަމާމެދުގައި ސުވާލު އުފެދިދާނެ ކަމެކެވެ.

އަދި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި، ނަފްސާނީ ގޮތުން ބަލިކަށި ކުރުވާނެ ކަމަކަށްވެސް ވެދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!