ޚަބަރު

މާލެ ސިޓީ ކައުންސިލުގެ އެއްލައްކަ ގަސް ޕްރޮގްރާމަށް އިތުރު ގަސް ހޯދަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލެ ސިޓީ އަކީ ޗާލު ފެހި ތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން އަމާޒު ހިފައި، އެ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ “އެއްލައްކަ ގަސް“ ޕްރޮގްރާމްގެ ދަށުން ގަސް ހޯދުމަށް ބޭނުންވާތީ ގަސްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

Ads by MWSC

އެ ކައުންސިލުން ކުރި އިއުލާނެއްގައިވަނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރުމަށާއި އަގު ހުށަހެޅުމަށް އެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ގޮސް މައުލޫމާތު ސާފުކުރުމަށްފަހު ބިޑު ހުށަހަޅަން އެދޭ ކަމަށެވެ.

މަޢުލޫމާތު ސާފުކުރުން އޮންނާނީ މާދަމާ 12:00 ގައެވެ. އަދި އަގު ހުށަހެޅުން އޮންނާނީ މި މަހުގެ 07 ދުވަހު 12:00 ގައެވެ.

ސިޓީ ކައުންސިލުން ވިދާޅުވާ ގޮތުގައި، އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި, ޕާޓްނާޝިޕް, ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މާލެ ސިޓީ ކައުންސިލްގެ “އެއްލައްކަ ގަސް“ ޕްރޮގްރާމު ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!