ދުނިޔެ

ޓެސްޓު ޕޭޕަރުން ވައިރަސް ދުއްވާލަން ގަނޑުތައްލީ އަވަނަށް، ގަނޑުތަކުގައި ހިފީ އަލިފާން

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ބިރުވެރިކަން ވަނީ މީހުންގެ ހިތްތަކަށް ވެރިވެފައެވެ. ޑަބްލިޔުއެޗްއޯ އިން ކޮރޯނާ ވައިރަހަކީ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައެޅި ފަހުން މީހުންގެ މެދުގައި ވަނީ އިންތިހާއަށް ބިރުބޮޑުވެފައެވެ. ބައެއް މީހުން ވަނީ ބިރާސްވެރިކަމެއްގެ ތެރޭގައެވެ.

Ads by Sosun Fihaara

މިގޮތުން ޔުނިވަރސިޓީއެއްގެ ޕްރޮފެސަރެއް ވަނީ ކޮރޯނާ ވައިރަސް ދުއްވާލަން ކަމަށް ބުނެ ޓެސްޓު ޕޭޕަރުތަކެއް އަަވަނަކަށް ލާފައެވެ. ނަަމަވެސް އޭގެ ބަދަލުގައި ޕޭޕަރުތަކުގައި ހިފީ އަލިފާނެެވެ.

މި ހާދިސާ ކިޔައިދީ ޕްރޮފެސަރު ކިޔަވައިދޭ ޔުނިވާސިޓީގައި ކިޔަވަމުން ދިޔަ ދަރިވަރަކު ކުރި ޓްވީޓަށް މިހާރު ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ގިނަ ބަޔަކު ދަނީ މި ޓްވީޓާއެކު އެ ޕްރޮފެސަރަށް ފާޑުވެސް ކިޔަމުންނެވެ. އެގޮތުން އެ ޕޭޕަރުތައް ތައްޔާރުކުރުމާއި އެ ޕްރޮފެސަރު އަތަށް ލިބުމާއި ދޭތެރޭ އެތައް ހަފްތާއެއް ވާއިރު އޭގައި ވައިރަހުގެ އަސަރު ނުހުންނާނެ ކަމަށް އެއް ބަޔަކު ބުނެފައިވެއެވެ. އަދި އިތުރަށް ރައްކާތެރިވާން ބޭނުންވާނަމަ އަންގި ލައްވައިގެން ނުވަތަ ރަނގަޅަށް އަތް ދޮވެގެން އުޅުނުނަމައޭ ބައެއް މީހުން ބުނެފައިވެއެވެ.

ކޮރޯނާ ވައިރަހާއެކު މިފަދަ ގިނަ ކަންތައްތައް ކުރުން ވަނީ އިތުުރުވެފައެވެ. މީގެ ކުރިން ޗައިނާގެ އަންހެނަކު ވެސް ވަނީ އޭނާ ގެންގުޅުނު ޔުއާން ތަކެއް ޑިސްއިންފެކްޓް ކުރުމަށް ކަމަށް ބުނެ އަވަނަށް ލައިފައެވެ. މި ފައިސާވެސް ވަނީ ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައެވެ.

މިހާތަނަށް މުޅި ދުނިޔެއިން 134235 މީހުނަށް ކޮރޯނާ ވައިރަސް ޖެހިފައެވެ. އަދި މި ވައިރަހުގެ ސަބަބުން 4966 މީހުންވަނީ މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!