ޚަބަރު

ކޮވިޑް19: ދިވެހިން މި އެޕްތަކުގެ ބޭނުން ހިފަން އެބަ ޖެހޭ!

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު އަންނަ ކޮރޯނާ ވައިރަހުގެ ބިރުވެރިކަން ރާއްޖެއަށް ވެސް މިވަނީ ބޮޑުވެފައެވެ.

Ads by STELCO

މިހާތަނަށް ރާއްޖެއިންވެސް ކޮރޯނާ ވައިރަހަށް އަށް މީހަކު ފައްސި ވެފައިވާއިރު ރާއްޖޭގައި ވެސް ވައިރަހުން ރައްކާތެރި ވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން ސްކޫލުތައް ބަންދުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ. މި އާޓިކަލްގައި ހިމަނާލައިފާވާނީ ތަންތަނަށް ނުގޮސް ކިޔުގައި ނުޖެހި ހިދުމަތް ހޯދާލުމަށް ދިވެހިންނަށް ބޭނުންކުރެވިދާނެ ބައެއް އެޕްލިކޭޝަންތަކެވެ. ހަމައެހެންމެ ޖަރާސީމު ގިނަ ، ފައިސާއިން ތިމާގެ އަތް ދުރުކޮށްދިނުމަށް މުހިންމު އެޕްލިކޭޝް ތަކެކެވެ.

1. މައި އުރީދޫ އެޕް މިއީ އުރީދޫ ފޯނު ބިލު ދައްކާލުމުގެ އިތުރުން ވެސް ވަރަށް ގިނަ ފަސޭހަތަކެއް އެކުލެވިގެންވާ އެޕެކެވެ. ފިހާރައަކަށް ނުގޮސް ގޭގައި އޮވެގެން ފޯނަށް ރާސްޓަސް ވެސް ފޮނުވާލެވޭނެއެވެ. އަދި އުރީދޫ މޫލީ ބޭނުން ކޮށްގެން އުރީދޫ އިން ވިއްކާ ހުރި އެއްޗެއް ގަނެ އޭގެ ފްރީ ޑެލިވެރީ ވެސް ލިބިގެންދާނެއެވެ.

2. ދިރާގު އެޕް ދިރާގު ކަސްޓަމަރުންނަށް ހުރިހާ ހިދުމަތެއް ހޯދޭ އެޕަކަށް ދިރާގު އެޕް ވާނެއެވެ. އެގޮތުން ރިލޯޑްކޮށް ފޯނު ބިލް ދައްކާލައި ދިރާގު ގެ ހުރިހާ އެކައުންޓެއް އެއް ތަނަކުން މެނޭޖުކޮށްލެވޭނެއެވެ.

3. ބޭންކް އޮފް މޯލްޑިވްސް އެޕް ބީއެމްއެލް މޯބައިލް އެޕް އިން އެކައުންޓުގެ ތަފްސީލް ބަލައި ޓްރާންސްފާ ކުރެވޭނެއެވެ. އަދި ބީއެމްއެލް މޯބައިލް ޕޭ އެޕްއިން ކޭޝްލެސް ކޮށް ތަންތަނަށް ފައިސާ ދައްކާލައި އާއިލާ އަދި ރަހުމަތްތެރިންނަށް ވެސް ލާރި ފޮނުވާލެވޭނެއެވެ.

4. އެމްޑަބްލިޔުއެސްސީ އެމްޑަބްލިޔުއެސްސީ އެޕް އިން އެތަނުގެ ހުރިހާ ހިދުމަތްތަކަށް އެޕްލައި ކޮށް ބިލްތައް ދައްކާލައި ޕޭމެންޓް ހިސްޓަރީ ބަލާލެވޭނެއެވެ.

5. ސްޓެލްކޯ ކިޔުގައި ނުޖެހި ކަރަންޓު ބިލު ދައްކާލުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ސްޓެލްކޯ އެޕް ބޭނުން ކުރުމެވެ. ބިލް ދެއްކުމުގެ ހިދުމަތުގެ އިތުރުން ބިލްތައް ބަލާލުމާއި ބިލް ލިބުމާއި އެކައުންޓާއި ބެހޭ މައުލޫމާތުވެސް މި އެޕް ގެ ޒަރީއާއިން ލިބޭނެއެވެ.

6. ކިޔުބީ ވަގުުތު ސަލާމަތްކުރަން ބޭނުންވާ ފަރާތްތަކަށް ކިޔުބީ ވަރެއް ނެތެވެ. ރާއްޖޭގެ ގިނަ ތަންތަނުން ކިޔު ގައި ނުޖެހި ނަންބަރު ނަގައި ނަންބަރު ބެލުމުގެ ހިދުމަތް ކިޔުބީ އިން ފޯރުކޮށްދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!