އެނގޭތަ؟ މަޔޮނައިޒް ގޭގައި ވެސް ތައްޔާރު ކޮށްލެވިދާނެ

މަޔޮނައިޒް އަކީ ވަރަށް ގިނަ ކާއެއްޗެހި ތައްޔާރު ކުރަން ބޭނުން ކުރެވޭ އެއްޗެކެވެ. މިއީ ސޭންޑްވިޗް ފަދަ ކާއެއްޗެއްސަށް ވަރަށް މީރު ރަހައެއް ގެނެސްދޭ އެއްޗެކެވެ. މިއީ ގަނެގެން ބޭނުން ކުރާ އެއްޗެއް ކަމުގައި ވިޔަސް، މިއީ ގޭގައިވެސް ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ އެއްޗެއްކަން އެނގޭހެއްޔެވެ؟
ބޭނުންވާނެ ތަކެތި:
1 ކުކުޅު ބިސް
1 ސައިސަމުސާ މަސްޓަޑް ކްރީމް
1 ސައިސަމުސާ ލުނބޯ ހުތް
ލޮނުކޮޅެއް
1 މޭޒުމަތީ ސަމުސާ ވިނެގަރ
1 ޖޯޑު ތެޔޮ
ތައްޔާރު ކޮށްލާނެ ގޮތް:
އެންމެ ފުރަތަމަ ބްލެންޑަރަކަށް ބިހާއި، ލުނބޯ ހުތްކޮޅާއި، މަސްޓަޑް އަދި ލޮނު އަޅާށެވެ. ހަނދާން ބަހައްޓައްޗެވެ. ތެޔޮ އަޅަން ވާނީ އެންމެ ފަހުންނެވެ. މި ހުރިހައި އެއްޗެއް ރަނގަޅަށް މިކްސް ކޮށްލުމުން އެ ވަނީ މަޔޮނައިޒް ތައްޔާރު ކުރެވިފައެވެ.
މަޔޮނައިޒް ހެދުމަށް އެންމެ ރަނގަޅީ އޮލިވް އޮއިލް ނުވަތަ އަވަކާޑޯ އޮއިލް ބޭނުން ކުރުމެވެ. އެއީ ސިއްޙީ ގޮތުން ބަލާއިރު، އެންމެ ރަނގަޅު ގޮތަށް ވާނެތީއެވެ.