ނޮޅިވަރަންފަރު އިސް މެޖިސްޓްރޭޓަށް ފިޔަވަޅު އަޅަނީ
ހދ.ނޮޅިވަރަންފަރު އިސްމެޖިސްޓްރޭޓް ޢަލީ އަޙުމަދަށް ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމަވައިފިއެވެ.
އެ ކޮމިޝަނުން ވިދާޅުވީ ހދ. ނޮޅިވަރަންފަރާއި އެ އަތޮޅު ނޮޅިވަރަމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޖިނާޢީ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަން ތަޙުޤީޤަށް ހޯދާފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމަށެވެ.
އަދި މި މައްސަލަތައް ޝެޑިއުލްކޮށް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވޭކަމަށް ސާބިތުވެފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.
އެ ކޮމިޝަނުން އިތުރަށް ވިދާޅުވީ، މެޖިސްޓްރޭޓް ޢަލީ އަޙްމަދުގެ މި ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމަށް، ޑީޝަލް ސަރވިސް ކޮމިޝަނުން، 2023 ނޮވެންބަރު 01 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ މިއަހަރުގެ 70 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށެވެ.