ދުނިޔެ

ޖަރުމަނުގެ ތިން ބައި ކުޅަ އެއްބައި މީހުނަށް ބަލި ޖެހިދާނެ ކަމުގެ ބިރު

ޖަރުމަނުގެ ތިން ބައި ކުޅަ އެއްބައި މީހުނަށް ކޮރޯނާ ބަލި ޖެހިދާނެކަމުގެ ބިރު އެބައޮތްކަމަށް އެ ގައުމުގެ ޗާންސެލާ އެންޖެލާ މާކް ބުނެފިއެވެ.

އެންޖެލާ ބުނި ގޮތުގައި މި ބަލިމަޑުކަން ދުނިޔެއިން ފިލައިދިޔުމުގެ ކުރިން ޖަރުމަނުގެ 27 މިލިއަން މީހުންނަށް އަސަރު ކުރާނެކަމުގައި ބެލެވޭކަމަށެވެ. ޖަރުމަނުގެ 2745 މީހަކު މިހާރު ވަނީ ކޮރޯނާއަށް ފައްސިވެފައެވެ.އަދި ހަމީހަކު ވަނީ އެ ބަލީގައި ދުނިޔެދޫކޮށްފައެވެ.

ކޮރޯނާ ވައިރަހުގެ ބިރުވެރިކަން ޔޫރަޕަށް އިންތިހާ ބޮޑުވެފައިވާއިރު ޗައިނާ ނޫން ދެން އެންމެ ގިނަ ކޭސް ފެނިފައިވަނީ އިޓަލީންނެވެ. އިޓަލީއިން 15 ހާހަށްވުރެ ގިނަ މީހުން ވައިރަހަށް ޕޮސިޓިވް ވެފައިވާއިރު މަރުވި މީހުންގެ އަދަދު އިއްޔެ އެކަނި ވެސް 189 އަރައެެވެ. އަދި ޖުމްލަ 1016 މީހަކު އެގައުމުން މިބަލީގައި ވަނީ މަރުވެފައެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކާ އިތުރުވުމާއެކު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވަނީ ކޮރޯނާ ވައިރަހަކީ މުޅި ދުނިޔެއަށް ހުރި ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

2019 އަހަރުގެ ފަހު ކޮޅު ޗައިނާއިން ފުރަތަމަ ފެނުނު މި ވައިރަހުގެ އަސަރު މިހާރު ދުނިޔޭގެ އެކި ހިސާބުތަކުން139,668ވަނީ ކޮށްފައެވެ. ބަލި ޖެހުމަށްފަހު ބަލި ރަނގަޅު ވި މީހުންގެ އަދަދު ގިނަ ނަމަވެސް ބަލީގައި މަރުވާ މީހުން ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު 5122 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!