ލައިފްސްޓައިލް

މި ފަހަރު އާއްމުވި ވީޑިއޯއިން، އަނުޝްކާ ބަނޑުބޮޑުކަން ޔަޤީންވާ ކަމަށް ގިނަ މީހުން ބުނެފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ ދެވަނަ ދަރިފުޅަށް ބަލިވެއިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނަމުން އަންނަ މި ދުވަސްވަރުގައި، "ވައިރަލް"ވި އެހެން ވީޑިއޯއެއްގެ ސަބަބުން އެކަން ޔަޤީން ވެއްޖެ ކަމަށް މީހުން ބުނަން ފަށައިފިއެވެ.

Ads by STELCO

އާއްމުވެފައިވާ ވީޑިއޯ އިން ފެންނަނީ، ދޫ ކަޅު ކުލައިގެ ހެދުމެއް ލައިގެން، އަނުޝްކާ އޭނާގެ ކްރިކެޓް ކުޅޭ ފިރިމީހާ، ވިރާޓް ކޯލީއާއިއެކުގައި ހޮޓަލެއްގެ ލޮބީއެއް ކަހަލަ ތަނެއްގައި ހިނގާލައިފައިދާ މަންޒަރެވެ. ދެމީހުން އަތް ގުޅާލައިގެން ހިނގާފައި ދިޔަ އެ ވީޑިއޯގައި އަނުޝްކާ ބަނޑު ފޮރުވަން އުޅުނުހެން ހީވިއިރު، އޭނާގެ ހިނގުމުގައި ކޮންމެވެސް ވަރެއްގެ ބަރުހެލި ކަމެއް ވެސް ހުއްޓެވެ.

އަނުޝްކާއާއި ވިރާޓަށް ފުރަތަމަ ދަރިފުޅު ލިބުނީ، 2021 ވަނަ އަހަރުއެވެ. އެ ދަރިފުޅަށް ކިޔައިފައިވާ ނަމަކީ ވަމިކާއެވެ. އަނުޝްކާ އާއި ވިރާޓް، ވަމިކާ ގެންގުޅެނީ މީޑިއާތަކަށް ފޮރުވައިގެންނެވެ. ދެ ވަނަ ދަރިފުޅު ލިބެން އުޅޭކަން އެ ދެމީހުން ދުނިޔެއަށް އިޢުލާނު ކޮށްފައި ނުވާއިރު، މި ފަހަރު ވެސް އެ ދެ މީހުން މީޑިއާގެ ސަމާލުކަން ބޭނުން ނުވާކަން އެވަނީ ހާމަ ކޮށްދީފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!