ލައިފްސްޓައިލް

ގިނައިން ކޮފީ ބުއިމަކީ ރަނގަޅު ކަމެއްތަ؟

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކޮފީ ބުއިމަކީ ވަރަށް ގިނަ ދިވެހީންގެ ކަށީގައި ހިފާފައިވާ އާދައެކެވެ. މިއީ ގޯސް އާދައެކޭ ބުނެވޭކަށް ނެތެވެ. ކޮފީ ބޯހިތްވާ މީހުންނަށް މިއޮތީ އަޑު އަހާ ހިތްވާނެ ވާހަކައެކެެވެ.

Ads by STELCO

ދިރާސާތަކުން ހޯދިފައިވާ ގޮތުގައި ކޮފީ ބޯ މީހުންނަށް ލިވާ ބައްޔާއި ބައެއް ވައްތަރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. މީގެ އިތުރުން އެފަދަ މީހުން ސްޓްރޯކެއްގެ ސަބަބުން މަރުވުމުގެ ފުރުސަތު ވެސް ކުޑައެވެ. އެހެންނަމަވެސް އެ ފައިދާތައް ލިބެނީ ކޮފީގެ ސަބަބުންކަން މުޅިން ކަށަވަރެއް ނުވެއެވެ.

ޞިއްޙީ ބައެއް ލިޔުންތަކުގައިވާ ގޮތުން، ދުވާލަކު ފަސް ވަރަކަށް ކޮފީ ތަށި ބުއިމަކީ ޞިއްޙީ އެއްވެސް މައްސަލައެއް ކުރިމަތިވެދާނެ ކަމެއް ނޫނެވެ. މިގޮތަށް "މޮޑެރޭޓް"ކޮށް ކޮފީ ބުއިމުން ފައިދާވާކަން ވެސް ދިރާސާތަކުން ވަނީ ހާމަވެފައެވެ.

ނަމަވެސް ކޮފީއާއި ގުޅޭ ބައެއް ދިރާސާތަކުން ކަށަވަރުކޮށްދިން ގޮތުގައި މާބަނޑު ދުވަސްވަރު މާގިނައިން ކޮފީ ބުއިމަކީ ގެއްލުންހުރި ކަމެކެވެ. މާހިރުން ބުނާ ގޮތުގައި ސިއްޙީ ސަބަބުތަކަށްޓަކައި ކޮފީ ބޯން ފެށުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ކޮފީ ނުބޯ މީހުންނާއި އަޅާބަލާއިރު ދުވާލަކު ގާތްގަނޑަކަށް ތިން ތަށި ކޮފީ ބޯ މީހުންނަށް ހިތުގެ މައްސަލަތައް ޖެހި އެފަދަ މައްސަލަތަކުގެ ސަބަބުން މަރުވުމުގެ ފުރުސަތު ކުޑަވާކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ.

ކޮފީ ބުއިމުން ލިބޭ އެންމެ ބޮޑު ފައިދާއެއްގެ ގޮތުގައި ބެލެވިފައި ވަނީ ލިވާ ބަލީގެ އިތުރުން ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވެގެންދާ ކަމެވެ.

އެހެންނަމަވެސް މިއީ ހަމައެކަނި ކޮފީގެ ސަބަބުން ލިބޭ ފައިދާތަކެއްކަން ޔަޤީން ނުވާ ކަމަށް ޔުނިވާސިޓީ އޮފް ސައުތުއެމްޓަންގެ ޕްރޮފެސަރ ޕޯލް ރޮޑްރިކް ވިދާޅުވެއެވެ.

ޕްރޮފެސަރ ރޮޑްރިކް ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުތަކުގެ ތެރޭގައި މީހުންގެ އުމުރާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ނުކުރުން އަދި ކަސްރަތު ކުރާ މިންވަރު ވެސް ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ.

ޖުމްލަކޮށް މި ދިރާސާއިން ދައްކާފައިވާ ގޮތުގައި ސިއްޙަތަކަށް ލިބޭ ގެއްލުމަށްވުރެ ކޮފީ ބުއިމުން ލިބޭ ފައިދާތައް މާގިނައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!