އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި
އެސްޓިއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓިއޯއިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 0.53 ރުފިޔާ ވަނީ އަގުހެޔޮކޮށްފައިވާކަމަށެވެ. މި ބަދަލާއި އެކު ޕެޓްރޯލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ 9.60 ރުފިޔާއަށް ކަމަށް އެެސްޓިއޯއިން ބުނެއެވެ.
މީގެ އިތުރުން އެސްޓިއޯއިން ވަނީ ޑީސަލް ލީޓަރަކުން 0.50 ރުފިޔާ ހެޔޮކޮށްފައެވެ. އެއާއިއެކު މިއަދުން ފެށިގެން ދެން ޑީސަލް ލީޓަރެއް ވިއްކާނީ 10.39 ރުފިޔާ އަށެވެ.
ދުނިޔޭގެ ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން އެސްޓިއޯއިން ތެޔޮ އަގު ހެޔޮކުރި އިރު މިދިޔަ އަހަރުގެ މޭއި މަހުން ފެށިގެން މިހާތަނަށް އެސްޓިއޯއިން ވަނީ ހަތަރު ފަހަރެއްގެ މަތިން ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފައެވެ.
Ads by Allied Insurance