ޚަބަރު

ހުޅުމާލޭގައި ކުޑަކުއްޖަކަށް އަނިޔާކުރި ބިދޭސީ ޑޮކްޓަރަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގައި ކުޑަކުއްޖަކަށް އަނިޔާކުރި ބިދޭސީ ޑޮކްޓަރަކު ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ ރޭ 22:56 ހާއިރު ހުޅުމާލޭގައި ހަ އަހަރުގެ ފިރިހެން ކުއްޖަކަށް ސްޕީޗް ތެރަޕީދޭ ޑޮކްޓަރެއް އެ ކުއްޖާގެ ކަންފަތުގައި ހިފައި އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލަ ބެލި ބެލުމުން އެ ޑޮކްޓަރު ކުއްޖާ އަށް ތެރަޕީ ދެނީ އަމިއްލަ ހައިސިއްޔަތުން ކުއްޖާގެ ގޭގައި ކަމަށާއި އަދި އޭނާ އަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ކުޑަކުއްޖަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރި މައްސަލައިގެ ތުހުމަތުގައި ރޭ ދަންވަރު 2:45 ހާއިރު ކޯޓު އަމުރެއްގެ ދަށުން އެ ޑޮކްޓަރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭނާ އަކީ އުމުރުން 34 އަހަރުގެ އިންޑިއާގެ ރައްޔިތެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!