ދުނިޔެ

އޮސްޓްރޭލިއާގެ ފާޑު ކިޔުން ޗައިނާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އޮސްޓްރޭލިއާގެ ކަނޑުގެ ސިފައިންގެ އުޅަނދަކާއި ޗައިނާގެ ހަނގުރާމަމަތީ އުޅަނދަކާ ދެމެދު ހިނގި "ނުރައްކާތެރި އަދި ޕްރޮފެޝަނަލް ނޫން" މުއާމަލާތެއްގައި އޮސްޓްރޭލިއާގެ އަސްކަރިއްޔާގެ ޑައިވަރުންނަށް އަނިޔާވުމާ ގުޅިގެން އޮސްޓްރޭލިއާ ސަރުކާރުން ޗައިނާއަށް ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

Ads by Sosun Fihaara

ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް ވިދާޅުވީ، ދިގު ރާސްތާގެ ފްރިގޭޓެއް ކަމަށްވާ އެޗްއެމްއޭއެސް ޓޫވޫމްބާ އިން މި ހާދިސާ ހިނގި އިރު ޖަޕާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުގައި ޑައިވިން އޮޕަރޭޝަނެއް ހިންގަމުން ދިޔައީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

ޕީޕަލްސް ލިބަރޭޝަން އާމީ ނޭވީގެ އުޅަނދަކަށް އިޝާރާތް ކުރައްވައި މާލެސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޑައިވިން އޮޕަރޭޝަންތައް ކުރިއަށް ދާއިރު، އެޗްއެމްއޭއެސް ޓޫވޫމްބާއާ ދިމާލަށް ބަންދުކޮށްފައިވާ ސަރަހައްދުގައި ޕީއެލްއޭ-އެން ޑިސްޓްރޯޔަރ (ޑީޑީޖީ-139) އެއް އޮޕަރޭޓް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާގެ އުޅަނދަކުން ޗައިނާގެ ހަނގުރާމަމަތީ އުޅަނދަށް ޑައިވިން އޮޕަރޭޝަންގެ މައުލޫމާތު އެންގުމާއި އެކަން ސާފު ކޮށްދިނުމަށް އެދުނު ނަމަވެސް، ޑިސްޓްރޯޔަރު "ވަރަށް ގާތުން" ކައިރިއަށް ދިޔަ އެވެ.

"އޭގެ ކުޑަ އިރުކޮޅެއް ފަހުން ފެނުނީ އެ ތަނުގެ ހަލް މައުންޓެޑް ސޮނާރު އޮޕަރޭޓް ކުރާކަން އެނގުނީ ފެނުން ނުކުންނަން މަޖުބޫރުވި އޮސްޓްރޭލިއާގެ ޑައިވަރުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް."

އަދި އެ އަމަލަކީ ނުރައްކާތެރި އަދި ޕްރޮފެޝަނަލް ނޫން އަމަލެއް ކަމަށް މާލްސް ވިދާޅުވި އެވެ.

އޮސްޓްރޭލިއާގައި ހުންނަ ޗައިނާ އެމްބަސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ މެޑިކަލް އެސެސްމަންޓްތަކުން ޑައިވަރުންނަށް ކުދި ކުދި ޒަހަމްތަކެއް ލިބިފައިވާކަން އެނގުނީ ޑިސްޓްރޯޔަރުގެ ސޮނާރުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

"އޮސްޓްރޭލިއާއިން އުންމީދު ކުރަނީ ޗައިނާ ގެ އިތުރުން ހުރިހާ ގައުމަކުން ވެސް އެ ގައުމުތަކުގެ އަސްކަރިއްޔާތައް ޕްރޮފެޝަނަލް ކޮށް ރައްކާތެރިކަމާއެކު ހިންގޭނެ ކަމަށް،" އޮސްޓްރޭލިއާގެ އަސްކަރިއްޔާގެ ސިފައިންގެ ސަލާމަތާއި ރައްކާތެރިކަމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް މާލްސް ވިދާޅުވި އެވެ.

Ads by Urbanco

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!