ޑައިވަރުންނާ ދެކޮޅަށް ޗައިނާ ގެ ކަނޑުގެ ސިފައިން ބޭނުންކުރީ ސޮނާ: އޮސްޓްރޭލިއާ
ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ހިނގި ހާދިސާއެއްގައި ޗައިނާގެ ކަނޑުގެ ސިފައިން ސޮނާރު ދަޅު ބޭނުންކުރާ ކަމަށް އޮސްޓްރޭލިއާ އިން ތުހުމަތުކޮށްފި އެވެ.
އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ، މި ހަފުތާގެ ކުރީކޮޅު ޖަޕާނާ ދެކޮޅަށް ހިނގި ކުރިމަތިލުމުގައި ޗައިނާގެ ހަނގުރާމަމަތީ އުޅަނދަކުން "ނުރައްކާތެރި އަދި ޕްރޮފެޝަނަލް ނޫން" ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާގެ ފްރިގޭޓަކާ ކައިރިވީ ޑައިވަރުން އެ ބޯޓުގެ ޕްރޮޕެލާތަކުން މަސްވެރިކަން ކުރާ ނެޓްތައް ކްލިއާ ކުރަމުން ދަނިކޮށެވެ.
އޭގެ ފަހުން ޗައިނާގެ ބޯޓުން ނުރައްކާތެރި ސޮނާރު ދަޅު ބޭރުކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިކަމުގެ ސަބަބުން އޮސްޓްރޭލިއާގެ ޑައިވަރުންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވި ކަމަށާއި، އެ މީހުން ފެނުން ނުކުންނަން މަޖުބޫރުވި ކަމަށް ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
ޑައިވަރުންނަށް ކުދި ކުދި ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި އެއީ ސޮނާރުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް މާލްސް ވިދާޅުވި އެވެ.
"އޮސްޓްރޭލިއާއިން އުންމީދު ކުރަނީ ޗައިނާ ގެ އިތުރުން ހުރިހާ ގައުމަކުން ވެސް އެ ގައުމުތަކުގެ އަސްކަރިއްޔާތައް ޕްރޮފެޝަނަލް ކޮށް ރައްކާތެރިކަމާއެކު ހިންގޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ ދުރު ރާސްތާގެ ފްރިގޭޓް އެޗްއެމްއޭއެސް ޓޫވޫމްބާ އިން ވަނީ އާދައިގެ މެރިޓައިމް ޗެނަލްތަކުގައި ޑައިވިން އޮޕަރޭޝަންތައް ހިންގުމާއި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސިގްނަލްތައް ބޭނުންކުރުމުގެ ވިސްނުން ގެންގުޅެފަ އެވެ.
މިކަމާ ގުޅިގެން ޗައިނާ ސަރުކާރުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ލަންޑަންގެ ޖަމިއްޔާއެއް ކަމަށްވާ ޑައިވިން މެޑިކަލް އެޑްވައިޒަރީ ކޮމިޓީން ބުނި ގޮތުގައި ކަނޑުއަޑީގެ އަޑު ގަދަވުމުގެ ސަބަބުން ޑައިވަރުންނަށް "ބޮލުގައި ރިއްސުން، އަޑުއިވުމުގެ ގެއްލުން ނުވަތަ އެހެނިހެން ޒަހަމްތައް" ލިބިދާނެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހު ޖަޕާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުގައެވެ. އެޗްއެމްއޭއެސް ޓޫވޫމްބާ އަކީ އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ތާއީދުކޮށް އޮޕަރޭޝަންތައް ހިންގަމުން އަންނަ ކުންފުންޏެއް ކަމަށް މާލެސް ވިދާޅުވި އެވެ.