މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވާލަނީ

މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވައިލެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވައި، މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި މިސްކިތްތަކަށް ޚާއްސަ އަހައްމިއްޔަތު ކަމެއް ދެއްވަން ވައުދުވެވަޑައިގެންފައި ވާތީ، މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވާލައްވަން ނިންމަވާފައިވާ ކަމަށެވެ.
ހަމަ އެހެންމެ އެއީ މިސްތަކާއި އިމާމުންގެ ކަންކަމުގައި އިސްތިޝާރީ ލަފާދޭ މަޖިލީހެއް ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލިސް ޗެއާ ކުރައްވާނީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހް މުހައްމަދު ލަތީފް ކަމަށެވެ.