Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ކޮރޯނާ ވައިރަހުން ސަލާމަތްވާން ކަމަަށް ބުނެ އިންޑިއާގައި ގެރީގެ ނަޖިހުން ފެންވަރަނީ

ކޮރޯނާ ވައިރަހުން ސަލާމަތް ވާނެ ކަމަށް ބުނެ އިންޑިއާގައި މީހުން ގެރީގެ ނަޖިހުން ފެންވަރަން ފަށައިފިއެވެ.

ގެރިއަކީ އިންޑިއާގައި ކަލާނގެ ދަރަޖަ ދެވިފައިވާ ޖަނަވާރެކެވެ. އެ މީހުން ބުނާ ގޮތުގައި ގެރީގެ ނަޖިހުން ފެންވެރުމުން ކޮރޯނާ ވައިރަސް އެ މީހުންނާ ކައިރިއެއް ނުވާނެއެވެ.

Advertisement
HDC — Sidebar (box)

ގެރީގެ ނަޖިހުން ފެންވަރާ ވީޑިއޯ ދައުރުވަމުންދާއިރު، މީގެ ތެރެއިން އެއް ވީޑިއޯގައި ފެންނަނީ މީހުން ގެރީގެ ނަޖިހުން ހަދާފައި އޮތް ބޮޑު ފެންގަނޑެއް ކަހަލަ އެއްޗަކަށް އެރޭ މަންޒަރެވެ. އަދި ބޯ ނުފެންނަ ވަރަށް އޭގެ ތެރެއަށް ހަށިގަނޑު ގަންބާލާ ތަން ފެނެއެވެ.

ވީޑިއޯގައި ވާހަކަ ދެއްކި މީހަކު ބުނީ މުޅި ދުނިޔެ މި ނުރައްކާތެރި ވައިރަސް ދެކެ ބިރުން އުޅޭއިރު، އެ މީހުން ގޮތަށް ގެރީގެ ނަޖިހުން ފެންވަރައިފިނަމަ އެ ބަލިން އެ ރައްކާތެރިކޮށްދޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް