ދުނިޔެ

ކޮވިޑް19: ޗައިނާ މިސާލަކަށް ބަލަައިފިނަމަ ޖޫން މަހާއި ހަމައަށް ވައިރަސް ކޮންޓްރޯލް ކުރެވޭނެ

ދެން އެމްވީ ، ދެން އޮންލައިން

2019 ވަނަ އަހަރުގެ ތެރޭގައި ޗައިނާގެ ވުހާން އިން ފެނިގެން އައި ކޮރޯނާ ވައިރަހަކީ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާއިރު ވައިރަސް އެންމެ ބޮޑަށް ފެތުރުނު ޗައިނާގައި މިހާރު ވަނީ ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލްވެފައެވެ.

Ads by Sosun Fihaara

ކަން މިހެން އޮތްއިރު ޗައިނާއިން އެޅި ފިޔަވަޅުތައް މިސާލަކަށް ބަލާ އެގޮތަށް އަމަލުކޮށްފިނަމަ ޖޫން މަހާއި ހަމައަށް ވައިރަސް ކޮންޓްރޯލް ވެގެންދާނެ ކަމުގައި ބެއިންޖިންގެ ސިއްހީ އިސް އޮފިޝަލަކު ވަނީ ބުނެފައެވެ. ޑޮކްޓަރު ޒޮންގް ނަންޝަން ބުނި ގޮތުގައި ކޮންމެ ގައުމަކުން އެ ގައުމެއްގައި ވައިރަސް އޮތް މިންވަރާއި ހުރި ނުރައްކާތައް ދެނެގަނެ ގައުމީ ލެވެލް ގައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަކީ މުހިންމު ކަމެކެވެ.

ކޮރޯނާ ވަައިރަސް އެންމެ ފުރަތަމަ ފެނުނު ވުހާން ހިމެނޭ ހުބާއި ޕްރޮވިންސް އެއްކޮށް ލޮކްޑައުން އަކަށް ގެންގޮސް ހަރުކަށި ފިޔަވަޅުތަކެއް އެޅި ޗައިނާއިން މިހާރު ވައިރަސް ގެ ފެންނަމުންދަނީ މަދު ކޭސް ތަކެއްކަން ފާހަގަ ކުރަމުން ޒޮންގް ބުނި ގޮތުގައި ޗައިނާ އިން މި ބަލިމަޑުކަން މިހާރު އެންމެ 'ޕީކް ލެވެލް' އަށް ވަނީ ގޮސްފައެވެ. އަދި ދެން މި އަދަދު އިތުރުވުމަކީ ނާދިރު ކަމެއްކަމުގައި ވެސް ޒޮންގް ބުނެފައިވެއެވެ.

ޒޮންގް ނަންޝަން އަކީ 2003 އަހަރު ފެތުރުނު ސާރސް ރޯގާއިން އަރައިގަތުމުގައި ވެސް އިސްކޮށް ހަަރަކާތްތެރިވި ޑޮކްޓަރެކެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މުޅި ދުނިޔެއިން 145,816 މީހުން ރިޕޯޓުކުރެވިފައިވާއިރު ޗައިނާއިން އެކަނި ވެސް 80 ހާހަށް ވުރެ ގިނަ މީހުނަށް ބަލި ޖެހިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!