ދުނިޔެ

އިންޑިއާއިން ބައޯ ގޭސް ބޭނުން ކުރަން ފަށަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެތެރޭގެ ޑިމާންޑް އިތުރުކޮށް ގުދުރަތީ ގޭސް އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ކޮމްޕްރެސްޑް ބަޔޯގޭސް ގުދުރަތީ ގޭހާ އެކު ބްލޭންޑް ކުރަން ފަށާނެ ކަމަށެވެ.

Ads by WAMCO

އަދި 2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އޮޓޯމޯބައިލްސް އަދި ގޭބިސީތަކުގައި ބޭނުންކުރުމަށް މަޖުބޫރު ފިޔަވަހީގެ ތައާރަފު 1 އިންސައްތައިން ފެށިގެން ފަށާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެއަށްފަހު މަޖުބޫރު ބްލޭންޑިންގެ ހިއްސާ 2028 ވަނަ އަހަރު ގާތްގަނޑަކަށް 5 އިންސައްތައަށް އިތުރުކުރެވޭނެއެވެ.

ދުނިޔޭގައި އެންމެ ގިނައިން ތެލާއި ގޭސް އެތެރެކުރާ އެއް ގައުމު ކަމަށްވާ އިންޑިއާއިން މުޅި ގޭސް ބޭނުންކުރާ މިންވަރުގެ ދެބައިކުޅަ އެއްބައިގައި އުޅަނދުތައް ދަތުރުކުރާއިރު، އެ ގައުމުން ބޭނުންވަނީ އެގައުމުގެ އިމްޕޯޓް ކޮސްޓް ކުޑަކުރުމަށެވެ.

މީގެ އިތުރުން 2027 ވަނަ އަހަރު އެއާކްރާފްޓް ޓާބައިން ފިއުލްގައި 1 އިންސައްތަ ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް (އެސްއޭއެފް) ހުންނާނެ ކަމަށާއި، 2028 ވަނަ އަހަރު އެ އަދަދު ދެ ގުނައަށް އިތުރުކުރުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ. އެސްއޭއެފްގެ ޓާގެޓްތައް އެންމެ ފުރަތަމަ އަމަލުކުރާނީ ބައިނަލްއަގުވާމީ ފްލައިޓްތަކަށް ކަމަށް އެ ބަޔާނުގައި ވެ އެވެ.

މި ފިޔަވަޅުތަކަކީ 2070 ވަނަ އަހަރާ ހަމައަށް އިންޑިއާއަށް ނެޓް ޒީރޯ އެމިޝަން ޓާގެޓް ހާސިލްކުރުމަށް އެހީތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!