ދުނިޔެ

ވައިރަހަށް ވެކްސިން އެއް އުފައްދައިފިން - އޮސްޓްރޭލިއާ ސައިންޓިސްޓުން

ދެން އެމްވީ ، ދެން އޮންލައިން

ކޮރޮނާ ވައިރަހަަށް ވެކްސިން އެއް އުފައްދައިފިކަމަށާއި ނަމަވެސް އަދި އާންމުންނާ ހަަމައަށް ވެކްސިން އައުމަށް ދުވަސް ނަގާނެކަމަށް އޮސްޓްރޭލިއާގެ ސައިންޓިސްޓުން ބުނެފިއެވެ.

Ads by Sosun Fihaara

އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކުއީންސްލެންޑުން ތިން ސައިންޓިސްޓުން ހިމެނޭ ޓީމަކުން މިހެން ބުނެފައިވާއިރު މި މީހުން މި އަހަރުގެ ޖެނުއަރީ އިން ފެށިގެން ވެކްސިންގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އެގޮތުން ވެކްސިން އުފެއްދުމަށް 250 ވުރެ ގިނަ ފޯމިއުލާ ޓެސްޓުކޮށްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

މި ވެކްސިންއާއި ގުޅިގެން މިހާރު ކުރިއަށް ދަނީ މީދަލަށްދީ ޓެސްޓު ކުރުމުގެ މަސައްކަތެވެ. އަދި ޖޫން މަހުތެރޭގައި އިންސާނުން ޓެސްޓު ކުރެވޭ ވަރުވާނެކަމުގައި ބެލެވެއެވެ. މި ވައިރަސް އެއްކޮށް ނިމި ފަރުވާ ހޯދެން ފަށާނީ މި އަަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ.

ވެކްސިން އެއް ހޯދުމުގެ މަސައްކަތް ޗައިނާގެ ސައިންޓިސްޓުން ވެސް ދަނީ ކުރަމުންނެވެ.

ކޮރޯނާ ވައިރަސް ޖެހިގެން 146,008 ކޭސް ވަނީ ދުނިޔޭގެ އެކި ހިސާބުތަކުން ރިޕޯޓުކުރެވިފައެވެ. އަދި ވައިރަސް ޖެހުނު 5,440 މީހުން މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!