ޚަބަރު

ފަލަސްތީނަށްޓަކައި ދުނިޔެ ނިކުމެ, ސްޓާބަކްސް ހަމަ ބިމަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސްއާ ދެކޮޅަށް ބޮއިކޮޓް ކުރުމަށް ގޮވައިލުމާ ގުޅިގެން ހިންގާ ޙަރަކާތުގެ ސަބަބުން ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެ ކުންފުންނަށް 11 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ވެއްޖެއެވެ.

Ads by STELCO

އެ ކުންފުނީގެ މާކެޓް އަގު ވަނީ ވިދިވިދިގެން 12 ދުވަހު ދަށަށްގޮސްފައެވެ. އަދި 19 ދުވަހުގެ ތެރޭގައި ކުންފުނީގެ ޙިއްސާގެ އަގު ވަނީ 8.96 އިންސައްތައަށް ވެއްޓިފައެވެ. ކުންފުނީގެ ޙިއްސާއެއްގެ އަގު މިހާރު ހުރީ 95.80 އެމެރިކާ ޑޮލަރުގައެވެ.

ސްޓާބަކްސްއާ ދެކޮޅަށް ބޮއިކޮޓް ކުރުމުގެ ޙަރަކާތްތައް ފެށީ އެ ކުންފުނީގެ މުވައްޒަފުންގެ ގުޅުން، ސްޓާބަކްސް ވޯކާރސް ޔުނައިޓެޑުން ޔަހުދީންނާއި ޣައްޒާގެ ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ފަލަސްޠީނުގެ ޢާންމުންނަށް އަމާޒުކޮށް ޔަހޫދީން ދެމުންގެންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް ކުރި ޕޯސްޓަކާ ގުޅިގެން ސްޓާބަކްސް އިން މުވައްޒަފުންނަށް ފިޔަވަޅި އެޅުމުންނެވެ.

މުވައްޒަފުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުން ސްޓާބަކްސްގެ މުވައްޒަފުން ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެކަމަށް ދެކޮޅަށް ހަލުތާޅުވެސް ކޮށްފައެވެ.

ބޮއިކޮޓް ކުރުމަށް ގޮވައިލުމުގެ ޙަރަކާތާ ގުޅިގެން، މާލީ ޙާލަތު ދަށްވެ ކުންފުނީގެ މިޞްރު އައުޓްލެޓުން ވަނީ މުވައްޒަފުންވެސް މަދުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!