ދުނިޔެ

ކޮވިޑް19: ސިންގަޕޫރު މިސްކިތްތައް ބަންދުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އިއްޔެއިން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް ސިންގަޕޫރުގެ ހުރިހާ މިސްކިތްތަކެއް ބަންދު ކޮށްފިއެވެ.

Ads by WAMCO

ރިޕޯޓުތަކުން ބުނާ ގޮތުގައި ސިންގަޕޫރުން މިފަދަ ފިޔަވަޅެއް މި އެޅީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގެ މިސްކިތެއްގައި އޮތް ދީނީ އެއްވުމެއްގައި ބައިވެރިވި މީހަކު ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް 19 އަށް ފައްސިވުމާއި ގުޅިގެން ހުރިހާ މިސްކިތްތަކެއް ސާފުކުރުމުގެ ބޭނުމުގައެވެ. އެއެއްވުމުގައި ގާތްގަނޑަކަށް ސިންގަޕޫރުގެ 90 މީހުން ބައިވެރިވެފައިވެއެވެ.

އިސްލާމިކް ރިލިޖަސް ކައުންސިލް އޮފް ސިންގަޕޫރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، ކޯވިޑް 19 ފެތުރުން ހުއްޓުވުމަށްޓަކައި އިއްޔެއިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް އެޤައުމުގެ 70 މިސްކިތް ސާފު ކުރުމަށް ބަންދު ކުރާނެ ކަމަށެވެ. މި ނިންމުމާއެކު އިއްޔެގެ ހުކުރު ނަމާދުވެސް އެޤައުމުގެ އެއްވެސް މިސްކިތެއްގައި ނުކުރެއެވެ.

މީގެއިތުރުން މިސްކިތްތަކުގައި ބާއްވާ ދަރުސް ތަކާއި ކްލާސްތައް، މިމަހުގެ 27 އާއި ހަމައަށް ބޭއްވުން ފަސްކޮށްފައިވާ ކަމަށް ވެސް އެކައުންސިލުން ބުނެފައިވެއެވެ.

މެލޭޝިއާގެ މިސްކިތެއްގައި އޮތް ދީނީ އެއްވުމުގައި އެކި ގައުމުތަކުން 10،000 މީހުން ބައިވެރިވިއިރު މެލޭޝިއާ އިން އަންނަނީ އެ އެއްވުމުގައި ބައިވެރިވި 5،000 މީހުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެ އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން ބައްޔަށް ފައްސި ވެފައިވަނީ ބުރޫނާއީ އަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ މީހެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!