ދުނިޔެ

ވައިރަސް ޖެހި ރަނގަޅު ވި މީހުންވެސް ފުއްޕާމޭގެ އިތުރު އުނދަގޫތަކެއް

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ޖެހުމަށް ފަހު ރަނގަޅުވާ މީހުން ރަނގަޅުވުމަށް ފަހުގައިވެސް ފުއްޕާމޭގެ އިތުރު މައްސަލަތަކެއް ކުރިމަތިވާ ކަމަށް ހޮންކޮންގ ގެ ޑޮކްޓަރުން ބުނެފިއެވެ.

Ads by Sosun Fihaara

ވައިރަސް ޖެހުމަށް ފަހު ރަނގަޅުވެފައި ތިބި ހާލަތު ދެނެގަތުމަށް މި ޑޮކްޓަރުންވަނީ އެފަދަ 15 ވަރަކަށް މީހުން ގެ ފުއްޕާމޭ މަސައްކަތްކުރާ ގޮތް ދިރާސާ ކޮށްފައެވެ.

މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި އެމީހުންގެ ފުއްޕާމޭ ކުރިން މަސައްކަތް ކުރި ރޭޓުގައި މަސައްކަތެއް ނުކުރެއެެވެ. އަދި ހިނގައިގަތުމާއެކު ގިނަ މީހުންނަށް މާނޭވާ ލެވޭފަދަ ކަންކަން ވެސް ވާކަން ވެސް ހާމަވެފައިވެއެވެ.

ދިރާސާކުރި ސައިންޓިސްޓުން ބުނާ ގޮތުގައި ބަލިން ރަނގަޅުވި ގިނަ މީހުންގެ ފުއްޕާމޭގެ މަސައްކަތް 20 ނުވަތަ 30 އިންސައްތަ ވަނީ ދަށްވެފައެވެ.

ވައިރަހުން ރަނގަޅުވާ މީހުން ނޯމަލް ވުމަށްޓަކައި ގިނަ ގިނައިން ކަސްރަތު ކުރުން މުހިންމެވެ. އެގޮތުން ފުއްޕާމޭ ގެ ހާލަތު ރަނގަޅުކުރުމަށް ފެތުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.

ޗައިނާގެ ވޫހާން އިން ފެނުނު ނުރައްކާތެރި ކޮރޯނާ ވައިރަސް އަކީ ނޭވާލާ ނިޒާމު ހަލާކުކޮށްލާ އެއްޗެކެވެ. މި ވައިރަސް ހަށިގަނޑުގައި އަށަގަތުމުން ފުއްޕާ މޭ ހަލާކުކޮށްލައި ކިޑްނީ އަށް ވެސް ގެއްލުންދެ އެވެ. މިހާތަނަށް 150,097 މީހެއްގެ ގައިން ވައިރަސް ވަނީ ފެނިފަ އެވެ. އަދ5,617 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ހަމައެހެންމެ ބަލި ޖެހުނު 73,731 މީހުން ބަލިން މުޅިން ރަނގަޅުވެފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!