ޚަބަރު

މަސްތުވާތަކެއްޗާއެކު 33 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މަސްތުވާތަކެއްޗާއިއެކުގައި އައްޑޫ ސިޓީ ފޭދޫއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވީ ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ހިންގާ ކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ސައުތު ޕޮލިސް ޑްރަގް އެންފޯސްމަންޓް އޮޕަރޭޝަންސްގެ ފުލުހުން އެ ގެ ބަލައި ފާސްކޮށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކުދި ނުވަ ޕެކެޓާއެކު 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މި ބާވަތުގެ މައްސަލަތަކާއިއެކުގައި، ވައްކަމުގެ މައްސަލަތައް ވެސ ހުށަހަޅާ މިންވަރު ދަނީ އިތުރުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!