ޚަބަރު

ތިންމަހުގެ ބޭސް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ތިން މަސްދުވަހަށް ވާވަރަށް ބޭހުގެ އެހީ އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދީފިއެވެ.

Ads by MWSC

މި ތަކެތި އިންޑިއާގެ ފަރާތުން ރާއްޖެއާ ހަވާލުކުރީ، އެގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރުއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ހަވާލުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

އިންޑިއާ އިން ބޭހުގެ އެހީ ފޯރުކޮށްދީފައިވާއިރު، ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވުމާއި ގުޅިގެން އިންޑިއާ ސަރުކާރުން ރާއްޖެ އަށް އެހީވުމުގެ ގޮތުން ފޮނުވި މެޑިކަލް ޓީމު އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ.

އިންޑިއާ އިން ރާއްޖެ ފޮނުވި މެޑިކަލް ޓީމުގައި 14 މެމްބަރުން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!