ޚަބަރު

އަލިފާން ނިއްވާލުމުން ދެވަނަ ފަހަރަށް ރަތަފަންދޫ ބޯޅަ ދަނޑުގައި ރޯކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

ގދ. ރަތަފަންދޫ ފުޓްބޯޅަ ދަނޑުގައި ބަޔަކު ރޯކޮށްލި އަލިފާން ނިންވާލިފަހުން އަނެއްކާ އެ ދަޑުގައި ރޯކޮށްލައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

Ads by STELCO

ފުލުހުންގެ ބުނީ ރަތަފަންދޫ ބޯޅަ ދަނޑުގައި ބަޔަކު ގަސްތުގައި ރޯކޮށްލާފައިވާ ކަމުގެ ރިޕޯޓް ލިބިފައި ވަނީ، މިރޭ 7:35 އެހާއިރު ކަމަށެވެ. ފުލުހުން ބުނީ އެމީހުން ރޯކޮށްލާފައި ވަނީ ބޯޅަ ދަނޑުގައި ހައްދާފައި ހުރި ގުދުރަތީ ވިނަތަކުގަ އާއި، ކައިރީގައި ހުރި ގަސްތަކެއްގައި ކަމަށެވެ.

ރޯކޮށްލުމުގެ ސަބަބުން، ވިނަތައް އެނދުން ފިޔަވާ ދަނޑުގައި ހުރި އިތުރު އެއްޗަކަށް ގެއްލުމެއް ނުލިބޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ ރަށުގެ ރައްޔިތުންނާއި ފުލުހުން ކުރި މަސައްކަތުން ދަނޑުގައި ރޯކޮށްލި އަލިފާން ނިއްވާލުމުން، އަނެއްކާ ވެސް ބަޔަކު ދަނޑުގައި ރޯކޮށްލި ކަމަށް ފުލުހުން ބުންޏެވެ. އެ އަލިފާން އަދި މުޅިން ނިއްވައެއް ނުލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ މިހާރު ތަހުގީގުކުރަމުން ދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!