ދުނިޔެ

ކޮވިޑް19: 8 ދުވަސްތެރޭ އެމެރިކާގެ ހޮސްޕިޓަލް ތައް ތޮއް ޖެހޭނެ

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ ހޮސްޕިޓަލުތައް 8 ދުވަސް ތެރޭގައި ތޮއްޖެހި އަދި އެ ތޮއްޖެހުން ގިނަ މަސްތަކަކަށް ދެމިގެން ހިނގައިދާނެކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ދައުރުގެ މެޑިކެއަރ ގެ އިސް ވެރިޔާ ބުނެފިއެވެ. އޭންޑީ ސްލޭވިޓް މިހެން ބުނެފައިވަނީ އޭނާ ކުރި ޓްވީޓެއްގައެވެ.

Ads by WAMCO

މާރޗް 23 ގެ ކުރިން ހޮސްޕިޓަލުތައް ފުރޭނެކަމަށް ބުނަމުން އޭންޑީ އިތުރަށް ބުނީ މި ބަލިމަޑުކަމަކީ އެމެރިކާ ކުރިން ނުދެކޭ ފަދަ ބިރުވެރިކަމެއް ކަމަށާއި 9/11 ގެ ހާދިސާއާއި ހަނގުރާމަތައް ފަދައިން މިކަމުންވެސް ބޮޑެތި ގެއްލުންތައް ވާނެކަން ފާހަގަކުރިއެވެ. އޭނާ ވަނީ ބަލިމަޑުކަމުން ރައްކާތެރިވެ ތިބުމަށް އާންމުންނަށް އެޅޭނެ ފިޔަވަޅުތައް ވެސް ފާހަގަކޮށްފައެވެ.

އެގޮތުން ގެއިން ބޭރަށް ނުދިއުމަށާއި ރެސްޓޯރެންޓްތައް ފަދަ އާންމުން އެއްވާ ތަންތަން ބަންދުކުރުމަށާއި ބްލެކް މާކެޓުން ނަމަވެސް ސިއްހީ ފަރުވާ އަށް ބޭނުންވާ ސާމާނު ހޯދައިފައި ބެހެއްޓުމަށް އޭންޑީ ވަނީ އިލްތިމާސް ކޮށެފައެވެ.

އެމެރިކާއިން ވަނީ މިހާތަނަށް ކޮރޯނާ ވައިރަހުގެ 2499 ކޭސް ފެނިފަ 250 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. ނަމަވެސް މާހިރުން ބުނާ ގޮތުގައި މި ޓެސްޓުކުރެވުނު މީހުންގެ އަދަދު ވަރަށް މަދުކަން ފާހަގަކޮށްފައެވެ. އަދި ވައިރަހުގެ އަސަރު ހުރި އިތުރު 500000 މީހުން ތިބެދާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު މިހާތަނަށް 155000 ވުރެ ގިނަ މީހުންގެ ގައިން ވައިރަސް ވަނީ ފެނިފަ އެވެ. އަދި 5,821 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!