ޚަބަރު

4 ރިސޯޓަކާއި ފެހެންދޫ އިން ޓެސްޓު ކުރި މީހުން ކޮވިޑް-19 އަށް ނައްސި

ދެން އެމްވީ ، ދެން އޮންލައިން

ބ. ފެހެންދޫ އާއި ހަތަރު ރިސޯޓަކުން ކޮވިޑް-19 އަށް ޓެސްޓުކުރި މީހުން އެ ބައްޔަށް ނައްސި ވެއްޖެއެވެ.

Ads by STELCO

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ ބުނީ، އޮބްލު ސަންގަލި، ބަޑޮސް އައިލެންޑް ރިސޯޓް، ޑްރީމްލޭންޑް މޯލްޑިވްސް އަދި ފެހެންދޫ އިން ވައިރަހަށް ޝައްކު ކުރެވިގެން ޓެސްޓް ހެދި އެންމެންގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.

އެއާއެކު އޮންނަ އުސޫލުގެ ދަށުން، ވަގުތީ ގޮތުން ބަންދުކޮށްފައިވާ އެ ރަށްތައް އަލުން ހުޅުވާލާފައިވާ ކަމަށް ބުންޏެވެ. އެހެންވެ، މިހާރު އެ ރަށްތަކަށް އަރައި ފޭބުމުގައި އެއްވެސް ދައްޗެއް ނޯންނާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭ އިން އިތުރަށް ބުނީ، އަނަންތާރާ ރިސޯޓުން މީހަކު ވައިރަހަށް ޕޮޒިޓިވްވެފައި ވާތީ، ކޮންޓެކްޓް ޓްރޭސިން ނިންމާ، ހޯމް އައިސޮލޭޝަނަށް ގެންދަން ޖެހޭ ފަރާތްތައް މިހާރު ވަނީ އެކަހެރިކޮށްފައި ކަމަށެވެ. އެއާއެކު އެ ރިސޯޓްވެސް ވަނީ މިހާރު ހުޅުވާލައިފަ އެވެ.

އަންނަތާރާ ރިސޯޓުން ޝައްކުވާ އިތުރު ދެ މީހެއްގެ ޓެސްޓް ހެދި ނަމަވެސް، ވައިރަހަށް ވަނީ ނެގެޓިވްވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!