ޚަބަރު

ހިލޭ ފެންދެނީ 1 ޓަނަށްވާ ފައިސާ ގޭބިސީތަކުގެ ބިލުން އުނިކޮށްގެން

ދެން އެމްވީ ، ދެން އޮންލައިން

ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ފޯރުކޮށްދޭނީ އެ ގޭބިސީއަކަށް ދެން ފޮނުވާ ފެން ބިލުން އެއް ޓަނަށް އަރާ ފައިސާ އުނިކޮށްގެން ކަމަށް ފެން ކުންފުނިން ބުނެފިއެވެ.

Ads by MWSC

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގެ ގޮތުން ސަރުކާރުގެ ފެން ކުންފުނިން ވަނީ މާލޭގެ ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައެވެ.

މާލެ ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިއަދު ބޭއްވި ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ހިލޭ ފެން ދޭނީ 12 މާޗް އިން ފެށިގެން 30 ދުވަހުގެ ނިޔަލަށް ހަދާ ބިލް ތަކުން ކަމަށެވެ. އަދި އެއް ޓަނު ފެން ދޫކުރާނީ ކޮންމެ އެކްޓިވް މީޓަރަކަށް ވަކިން ކަމަށެވެ. ފެން ބިލް ކުރާއިރު އެއްޓަނަށްވާ ފައިސާ ބިލުން އުނިކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ އެއް ޓަނުގެ ފެން ދޭން ނިންމީ މި ދުވަސްވަރަކީ ސާފު ތާހިރުވުމާއި ގިނަ އިން އަތް ދޮވުމަށް ގިނަ އަދަދަކަށް ފެން ބޭނުންކުރާ ދުވަސް ވަރަކަށްވުމުން ކަމަށެވެ.

"އަޅުގަނޑުމެން މި ދޭ 1000 ލީޓަރު ނުވަތަ 1 ޓަނު ފެނުން ދުވާލަކަށް 33 ލީޓަރު ފެން ކޮންމެ ގޭބިސީއަކަށް ދެވޭނެ. 33 ލީޓަރު ފެނުގެ މާނައަކީ 5 ލީޓަރުގެ 6 ފުޅި ފެން. އަޅުގަނޑުމެން މި ބަލަނީ 500 އެމްއެލްގެ ފެން ފުޅިއަކުން އެއް ފަހަރު ރަނގަޅަށް އަތްދޮވެލެވޭނެ. އެހެންވީމަ އަޅުގަނޑުމެން މި ހިލޭ ދޫކޮށްލާ 1 ޓަނު ފެނުން 10 މީހުން އުޅޭ ގޭބިސީއަކުން ކޮންމެ މީހަކަށްވެސް 5 ނޫނީ 6 ފަހަރު ރަނގަޅަށް އަތްދޮވެލެވޭނެ" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މިވަގުތުވެސް އެކުންފުނީގައި 44 ހާހަށްވުރެ ގިނަ ޑޮމެސްޓިކް ކަސްޓަމަރުން ތިބިއިރު، 1 ޓަނުގެ ފެން ހިލޭ ފޯރުކޮށްދިނުމަށް އެކުންފުނީގެ ސީއެސްއާރުގެ ތެރެއިން ގާތްގަނޑަކަށް ތިން މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!