ދުނިޔެ

ވަކިކޮޅަކަށް ނުޖެހޭ ޤައުމުތަކުގެ އަޑު މިދަނީ ގަދަވަމުން: ޖައިޝަންކަރ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވަކިވަރާތަކަށް ނުޖެހޭ ގައުމުތަކުގެ އަޑު ދާނީ ގަދަވަމުން ކަމަށާއި، އެޖަމާއަތް ވަރުގަދަކަމާއެކު ދެމި އޮންނާނޭ ކަމުގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރ ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވަނީ ނޮން-އެލައިންޑް މޫވްމަންޓް ގައުމުތަކުގެ އިގްތިސާދީ ސަލާމަތަށް އުނިކަން އަންނަ ކަންކަމާއި ގުޅިމަތި ލުމަށް ގައުމުތަކަށް  ގޮވާލައްވާފަ އެވެ.

ޔުގެންޑާގެ ކަމްޕާލާގައި މިހާރު ކުރިއަށްދާ 19 ވަނަ ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ސަމިޓުގައި އިންޑިއާގެ ނެޝަނަލް ސްޓޭޓްމަންޓްގައި އެގައުމުގެ އެކްސްޓާރނަލް މިނިސްޓަރު ވަނީ އިސްލާހީ އދ. އިސްލާހު ކުރުމަށްވެސް ގޮވާލައްވާފައެވެ.

މި ސަމިޓްގައި ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ ނާމް މިހާރުވަނީ 70ގެ އަހަރުތައް ގުނަން ފަށާފައި ކަމަށާއި، މި މުއްދަތުގައި ދުނިޔެ ބަދަލުވެ، ނާމް ގައުމުތަކުގެ އިތުބާރުވެސް ހޯދާފައިވާ ކަމަށެވެ.

ޙައްޤު ހޯދުމަށާއި ބޭނުންތަކަށް ބާރުއެޅުމުގައި މިހާރަށްވުރެ ހިތްވަރުގަދަވާންޖެހޭ. އެކަކު އަނެކަކު ހިއްސާކޮށް، އެއްބާރުލުން ދީ، ހަރުދަނާކުރާ ވަރަކަށް ދުނިޔެއަށް ހެޔޮ ބަދަލު އަންނާނެ. ނާމްގެ އިއްވަންޖެހޭ. ނާމްގެ ހިއްސާ ދާނީ ފުޅާވަމުން. މި މެސެޖު ދުނިޔެއަށް އިވަންޖެހޭ

ޖައިޝަންކަރު ވިދާޅުވި އެވެ.

ޖައިޝަންކަރުވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، ކޮވިޑްގެ ބަލިމަޑުކަމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ގިނަ ހަމަނުޖެހުންތަކާއި، ދަރަނި އަދި އިންފްލޭޝަންގެ ސަބަބުން ކުރިއެރުމަށް ހުރި ގޮންޖެހުންތަކާއެކު، ނޮން-އެލައިންޑް މޫވްމަންޓަށް ނިސްބަތްވާ ގައުމުތަކަށް ކުރިމަތިވެފައިވާ ގިނަ ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ސީރިއަސް ކަންބޮޑުވުމުގެ އަޑީގައި އޮތީ އަޅުގަނޑުމެން ކުރިމަތިލާންޖެހިފައިވާ ދުނިޔޭގެ ހާލަތު. ކޮލޯނިއަލިޒަމްގެ ބާރު ނެތިގެންދިޔަ ނަމަވެސް، މިއަދު މިއޮތީ އާ ވައްތަރެެއްގެ ތަފާތުކުރުންތަކާއި ކުރިމަތިލާން ޖެހިފަ. ގްލޯބަލައިޒޭޝަންގެ ޒަމާނުގައި އަޅުގަނޑުމެންނަށް ފެންނަނީ ދުނިޔޭގެ އެހެން ޤައުމުތަކަކީ ހަމައެކަނި މާކެޓް ނުވަތަ ވަސީލަތްތަކުގެ ގޮތުގައި ދެކޭ އިޤްތިޞާދެއް.

ޖައިޝަންކަރު ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!