Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ރޮނާލްޑޯގެ ހޮޓެލް ހޮސްޕިޓަލަކަށް ބަދަލުކުރި ކަމަށް ބުނާ ހަބަރު ދޮގުކޮށްފި

ރޮނާލްޑޯގެ ހޮޓެލް ކޮރޯނާ ވައިރަސް ޖެހުނު މީހުނަށް ފަރުވާ ދޭ ހޮސްޕިޓަލަކަށް ބަދަލު ކުރި ކަމަށް ބުނާ ރިޕޯޓުތައް އެ ހޮޓެލުން ދޮގުކޮށްފިއެވެ.

ރޮނާލްޑޯގެ ދެ ހޮޓަލެއް ކޮރޯނާ ވައިރަހަށް ފަރުވާދޭ ހޮސްޕިޓަލަކަށް ބަދަލުކުރި ކަމަށް ރިޕޮތުކޮސްފައިވަނީ ސްޕެއިން ގެ ނޫހަކުންނެވެ. ނަމަވެސް ރޮނާލްޑޯގެ ހޮޓެލެއްގެ ސްޓާފެއް ބުނެފައިވާ ގޮތުގައި އެ ހަބަރަކީ ދޮގު ހަބަރެކެވެ. އަދި އެފަދަ ކަމެއް ކުރަން އުޅޭ ކަން އެނގިފައި ނުވާކަމަށް ވެސް އޭނާ ބުނެފައިވެއެެވެ.

ޔުވެންޓަސް ގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި އޭނާގެ ހޮޓެލް ތައް ހޮސްޕިޓަލަކަށް ބަދަލުކުރެވޭ ކަމަށް ދެކެވޭ ވާހަކަޔާމެދު އެއްޗެއް ބުނެފައެއް ނުވެއެވެ. ރޮނާލްޑޯ ވަނީ ބަލި އެންމެ ގަދައަށް ފެތުރެމުންދާ ގައުމު އިޓަލީ ދޫކޮށް މިހާރު އެނބުރި ގައުމަށް ގޮސްފައެވެ.

Advertisement
Allied Insurance — Square (box)

ކޮރޯނާ ވައިރަހަށް ޓެސްޓުކޮށް ރޮނާލްޑޯގެ ނަތީޖާ ނެގަޓިވް ވެފައިވާއިރު އޭނާ މީސް މީޑިއާގައި ހާމަކޮށްފައިވާ ޕޯސްޓެއްގައި ދުނިޔެ މިވަނީ ވަރަށް އުނދަގޫ ހާލަތެއް ގައި ކަމަށާއި މިކަމުން އަރައިގަތުމަށް ހުރިހާ މީހުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ބުނެފައިވެއެވެ. އަދި އޭނާ އެހެން މި ބުނަނީ ފުތުބޯޅަ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ނޫންކަމަށާއި ދަރިއެއް، ބައްޕައެއް އަދި އިންސާނެއްގެ ހައިސިއްޔަތުން ކަމުގައި ވެސް ބުނެފައިވެއެވެ. ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ އިން ދެއްވާ އިރުޝާދުތަކަށް ހުރިހާ އެންމެން ވެސް ތަބާ ވުމަށް ރޮނާލްޑޯ އޭނާގެ ޕޯސްޓުގައި އެދިފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް