ޚަބަރު

ގަތަރު އެއާވޭސް އިން ރާއްޖެއައި 11 މީހުން އެކަހެރި ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އިއްޔެ ރާއްޖެއައި ޤަތަރު އެއަވޭސް އިން ދަތުރު ކުރި، 11 މީހުން އެކަހެރި ކޮށްފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ބުނީކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު، އެ ފްލައިޓުން އައި ނުވަ ބިދޭސިއަކު ވަނީ އެބަޔަކު ބުކިންގ ހެއްދާފައިވާ ތަންތަނަށް ފޮނުވާލެވިފައިވާ ކަމަށާއި އެ ހުރިހާ ފަތުރުވެރިންވެސް 14 ދުވަހަށް ގޭގައި އެކަހެރިވުމަށް އެންގިފައިވާ ކަމަށެވެ.

މީގެ އިތުރުން ފްލައިޓުގެ ކުރޫއިންގެ ތެރެއިން ދެ ބިދޭސީއަކު ވަނީ ވިލިވަރުގައި ކަރަންޓީން ކުރެވިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ އެ ފްލައިޓުން އައި ދިވެއްސެއް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން ފަރުކޮޅުގައި އެކަހެރިކޮށްފައިވާ ކަމަށެވެ. އެ ދިވެހި މީހާއަކީ ސްޕެއިންގައި ޓްރާންސިޓް ވެފައި އައި މީހެއް ކަމަށް ރޭ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ފަސް މީހަކާއި، "އައިލެންޑް ސަފާރީ1" ނަމަކަށް ކިޔާ ސަފާރީން ޕޮޒިޓިވްވި ދެ މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!