ޚަބަރު

ކޮވިޑް-19: ޝެރަޓަން އިން ޓެސްޓު ކުރި ދެ މީހުންގެ ނަތީޖާ ވެސް ނައްސި

ދެން އެމްވީ ، ދެން އޮންލައިން

ޝެރަޓަން އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓު ކުރި ދެ މީހުންގެ ވެސް ނަތީޖާ ނައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޝެރަޓަން އިން ނެގި ދެ ޓެސްޓުގެ ނަތީޖާ ނައްސިވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ރިސޯޓުގެ މޮނިޓަރިންގްގެ ހާލަތުން ނެގިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ.

އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ފަސް މީހަކާއި، "އައިލެންޑް ސަފާރީ1" ނަމަކަށް ކިޔާ ސަފާރީން ޕޮޒިޓިވްވި ދެ މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!