ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް 19 ގެ ސަަބަބުން ދިވެހި ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މުވައްޒިފުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިފިއެވެ.
މިގޮތުން، މޯލްޑިވިއަންގެ މުވައްޒަފުން ގްރޫޕްތަކަކަށް ބަހާލެވި ކޮންމެ ގްރޫޕަކުން ހަފްތާއަކު ތިން ދުވަހު އޮފީހަށް ނިކުންނަ ގޮތަށް މިއަދުވަނީ ހަމަޖައްސާފައެވެ.
މިގޮތަށް ހަމަޖެއްސިކަން ހާމަކޮށްފައިވަނީ، މިއަދު އައިލެންޑް އޭވިއޭޝަނުން ނެރުނު ނޫސް ބަޔާނެއްގައެވެ.
މި ނޫސްބަޔާނުގައި ބުނެފައިވަނީ ވިދާޅޫވެފައި ވަނީ. ގްރޫޕްތައް ބަހާލެވުނު ކައމުގައި ވީނަމަވެސް އަނެއް ދެދުވަހު ވަޒީފާ އަށް ނުނިކުންނަ މުވައްޒަފުން ތިބެން ޖެހޭނީ ސްޓޭންޑްބައި ގައި ކަމަށެވެ. އަދި މިގޮތަށް ހަމަޖައްސާފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އެކުންފުނީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ކަމަށް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އެބަޔާނުގައި ބުނެފައިވަނީ، އައިލެންޑް އޭވިއޭޝަނުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަނީ ކޮންމެ ދުވަހަކު އެތަކެއް ބަޔަކާއި ބައްދަލު ކުރަމުން އަންނަ ބައެއް ކަމުން، ކަމަށެވެ. . އަދ އެކުންފުނީގެ މުވައްޒަފުންނަކީ ހުއްޓުމެއް ގެނެވޭ ފަދަ މަސައްކަތެއް ކުރާ ބަޔަކަށް ނުވުމާއި އެކު އެފަރާތްތައް ރައްކާތެރިކޮށް ބެއިތިއްބުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މޯލްޑިވިއަންއިންވަނީ އެކުންފުނިން ޚިދުމަތްދޭ ގަޑިތަކަށްވެސް ބަދަލު ގެނެސްފައެވެ. މިގޮތުން ޓިކެޓު އޮފީހުގެ ހިދުމަތް ދޭނީ ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 3:30 އަށް އަދި ކޯލް ސެންޓަރުއަދި ވައިބަރ ޕްލެޓްފޯމް ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން އިރުއޮއްސި 6:00 ކހިދުމަތްދޭން ވަނީ ނިންމާފައެވެ.